Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

އެއާ ޓްރެފިކް ކޮންޓްރޯލަރުންނަށް ހާއްސަ ކޯސްތަކެއް

އެއަރ ޓްރެފިކް ކޮންޓްރޯލަރުންނަށް ހާއްސަ ދެ ތަމްރީން ކޯހެއް އެމްއޭސީއެލްއިން ފަށައިފިއެވެ.

އެމްއޭސީއެލްއިން މި ދާއިރާގެ ދެކޯސް ފެށިއިރު މިއީ އޭޓީސީ ތަމްރީން ދެ ކޯސް އެއްފަހަރާ ބާއްވާ ފުރަތަމަ ފަހަރެވެ. މިކޯސްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 21 ފެބްރުއަރީން އެޕްރީލް 17 ގެ ނިޔަލަށެވެ.

އެކުންފުންޏަށް ރޭއްޖޭގެ ހުރިހާ އެއާޕޯޓަކަށް އޭޓީސީގެ ޚިދުމަތް ދިނުމަށް ލާޒިމް ކުރެއެވެ. އެހެން ކަމުން މިފަހަރުގެ ތަމްރީން ކޯސްތަކުގައިވެސް ކިޔަވައިދޭނީ ރާއްޖެ އަދި ބައިނަލްއަޤްވާމީ މިދާރާގެ ފަންނީ ޤާބިލްކަން ލިބިފައިވާ މީހުންނެވެ.

މިކޯސްތަކުގައި ޖުމްލަ 12 ކުދިން ބައިވެރިވެއެވެ. އެއީ އެރިއާ ކޮންޓްރޯލް ޕްރޮސީޖާރ (އައިކާއޯ-55) ގައި 6 ދަރިވަރުން އަދި އެްޕރޯޗް ކޮންޓްރޯލް ޕްރޮސީޖަރ (އައިކާއޯ-53) ގައި 6 ދަރިވަރުންނެވެ.

މިއީ އެމްއޭސީއެލް އިން އޭޓީސީ ދެ ކޯސް ހިންގާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މިފަދަ ކޯސްތައް ހިންގުމަށް ބޭނުންވާ ސިމިއުލޭޓަރ 2021 ވަނަ އަހަރު ވަނީ ޤާއިމްކޮށްފައެވެ. އޭޓީސީ މުވައްޒަފުންނަކީ ލައިސެންސް ލިބުމަށްފަހުވެސް ރިފްރެޝަރ ޕްރޮގްރާމްތަކުގައި ބައިވެރިވާން ޖެހޭ މުވައްޒަފުންނެވެ. އެއީ ފަންނީ މައުލޫމާތު ކިޔަވުމާއި އަދާހަމަ ކުރުމުގެ ބޭނުމުގައެވެ.