މާލޭ ސަރަހައްދުގެ ގެސްޓު ހައުސްތަކާއި ގުޅުން ބަދަހި ކުރުމަށް ހާއްސަ ނެޓްވޯކިންގް އިވެންޓެއް އެލައިޑުން ބާއްވައިފިއެވެ.
މިއީ އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ؛ އަޔާދީ ތަކާފުލްއިން މާލެ ސަރަހައްދުގައި ގެސްޓްހައުސް ވިޔަފާރިކުރަމުންދާ ފަރާތްތަކަށް ހާއްސަ ނެޓްވަރކިންގ އިވެންޓެއް ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ. މާފުށީގައި "ގެސްޓހައުސް ނެޓްވަރކިންގ ލައިންޗިއަން"ގެ ނަމުގައި މިއަދު ކުރިޔަށްގެންދިޔަ މިއިވެންޓުގައި ގެސްޓްހައުސް ވިޔަފާރިކުރަމުންދާ ގިނަ ފަރާތްތަކަކުން ވަނީ ބައިވެރިވެފައެވެ.
We’re pleased to host the Guesthouse Networking Luncheon for the guesthouses in Maafushi. Hope everyone had valuable takeaways.
We’d also like to take this moment to extend our sincerest apprection to everyone who supported us to make this event a success. 😊 pic.twitter.com/d5QYC0LRul— Ayady Takaful (@ayadymv) February 23, 2023
ގެސްޓް ހައުސްތަކާއި އޮތް ގުޅުން، ހަރުދަނީކޮށް ވަރުގަދަކޮށް، އިންޝުއަރެންސްގެ ފައިދާ ލިބިގަނެވޭނެ ގޮތްތަކާއި ބެހޭގޮތުން، ހިޔާލު ހޯދުމާއި މަޝްވަރާކުރުން މި ހަރަކާތުގައި ކުރިއަށް ގެންދެވުނެވެ. އަދި ޕްރޮޑަކްޓްތައް އިތުރަށް ތަރައްޤީ ކުރުމަށް ލިބިގެންދިޔަ ޙިޔާލުތަކުގެ ބޭނުން ކުރާނެ ކަމަށް އަޔާދީން ބުނެއެވެ.
"ގެސްޓހައުސް ނެޓްވަރކިންގ ލައިންޗިއަން"ގެ ތެރެއިން ކުރިޔަށް ދިޔަ އިތުރު ހަރަކާތްތަކުގެ ތެރޭގައި ސޯޝަލް މީޑިޔާގެ ދުނިޔޭގައި ގެސްޓްހައުސް ވިޔަފާރި ޕްރޮމޯޓުކޮށް، އިތުރު ދޮރުތައް ހުޅުވޭނެ އުކުޅުތަކާއި ބެހޭގޮތުން އެލައިޑް އިންޝުއަރަންސް ކުންފުނީގެ ސީސީއޯ ޔޫލިއަނާ ރުސޭއި ވަނީ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. އަދި މި ނެޓްވަރކިންގ އިވެންޓް ނިންމާލާފައިވަނީ ހަރަކާތުގައި ބައިވެރިވި އެންމެހާ މެމްބަރުންނަށް އެރުވި ހާއްސަ ކެއުމަކުންނެވެ.
އެލައިޑް އިސްލާމިކް ވިންޑޯ؛ އަޔާދީއިން ދަނީ މިހާރުވެސް "ގެސްޓްހައުސް ތަކާފުލް"ގެ ނަމުގައި ގިނަ ގުނަ ކަވަރޭޖްތަކެއް ހިމެނޭ ޕްލޭންތަކެއް ފޯރުކޮށްދެމުންނެވެ. 3 ގިންތިއަކަށް ބަހާލައިގެން ދެމުންގެންދާ މިހިދުމަތް ފަރުމާ ކުރެވިފައިވަނީ އަގުގެ ގޮތުންނާއި ކަވަރޭޖްގެ ގޮތުން ކޮންމެ ވިޔަފަރާރިވެރިއަކަށްވެސް މިރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތަށެވެ. އެގޮތުން ގެސްޓްހައުސް ތަކާފުލް ހިދުމަތުގެ ތެރެއިން ކަވަރޭޖް ލިބޭ ހާލަތްތަކުގެ ތެރޭގައި ގުދުރަތީ ހާދިސާތަކުން ލިބޭ ގިނަ ގެއްލުންތަކާއި، އެޑް-އޮންސް އަދި އެކްސްޓެންޝަންސް މެދުވެރިކޮށް ޕްލޭން ޕަރސަނަލައިޒް ކުރުމުގެ ފުރުސަތުވެސް ފަހިވެފައިވާ ކަމުގައި އަޔާދީއިން ފާހަގަކުރެއެވެ.