ދުބާއީގައި މިހާރު ކުރިއަށްދާ ގަލްފް ފުޑް އެކްސްޕޯގައި މިފްކޯ އަދި އެސްޓީއޯއިން ވިއްކާ ބްރޭންޑްތައް ދައްކާލައިފިއެވެ.
މިފަދަ ފެއަރއެއްގެ މަޤްސަދަކީ އެސްޓީއޯ އަދި މިފްކޯގެ ބްރޭންޑްތައް ދައްކާލައި، މި ބްރޭންޑްތަކަށް ބައިނަލްއަޤްވާމީ ބާޒާރުގައި ފުރުސަތު އިތުރު ކުރުން ކަމަށް އެސްޓީއޯއިން ބުނެއެވެ.

މިފްކޯ އަދި އެސްޓީއޯގެ ބްރޭންޑްތައް ދައްކާލާއިރު މި ފެއަރ ކުރިއަށްދާނީ މިމަގުފެ 20 އިން 24 އަށެވެ. ދުބާއީވ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދާ މިފެއަރއަކީ މި ބާވަތުގެ އެންމެ ބޮޑު އެއް އެކްސްޕޯވެސް މެއެވެ. މިގޮތުން، ފެއަރގައި 125 ގައުމަކުން 5000 އަށް ވުރެގިނަ ކުންފުނި ބައިވެރިވެފައި ވެއެވެ.
އެސްޓީއޯގެ ސްޓޯލްގައި ޗޮއިސް ބްރޭންޑްގެ ކޮންޑެންސް މިލްކް، ޗޮއިސް ކަޕްނޫޑްލް، ޗޮއިސް ބާސްމަތީ ހަނޑޫ، ޗޮއިސް ސަންފްލާވަރ އާއި ޗޮއިސް ވެޖެޓަބްލް އޮއިލްގެ އިތުރުން މިފްކޯގެ މަހުގެ އެކި އުފެއްދުންތައް ދައްކާލާފައިވެއެވެ.