އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯވަރުން ތިބި އަންހެނާގެ މަގާމު އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒަށް ލިބިއްޖެ އެވެ.
އުމުރުން 30 އަހަރުގެ ފަންނާނުގެ ފޮލޯވަރުންގެ އަދަދު މިހާރު 381 މިލިއަނަށް އަރަ އެވެ. ސެލީނާ އަށް އިންސްޓަގްރާމްގެ ރަނިކަން ލިބުމާ އެކީ އޭނަގެ ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި އުފާ ފާޅުކުރަމުންނެވެ.
ކުރިން އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯވަރުން ތިބި އަންހެނަކީ އެމެރިކާގެ ކާޑޭޝަން/ޖެނާ އާއިލާ އަށް ނިސްބަތްވާ މަޝްހޫރު ޒުވާން ވިޔަފާވެރިޔާ ކައިލީ ޖެނާ އެވެ. ދެ ކުދިން ތިބި ކައިލީ، 25، ގެ ފޮލޯވަރުންގެ އަދަދަކީ މިހާރު 380 މިލިއަނެވެ.
އިންސްޓްގަރާމްގައި ފޮލޯވަރުން އެންމެ ގިނަ ފިރިހެނަކީ ޕޯޗްގަލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނަގެ ފޮލޯވަރުންގެ އަދަދު 550 މިލިއަނަށް އަރަ އެވެ.