Last Updated: March 28, 21:55
Thursday, March 28, 2024
މުނިފޫހިފިލުވުން

ކާމިޔާބު އަންހެނާ

(ޖޫން 17، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ބައެއް ދިވެހި ގެސްޓުން މި ކަހަލަ އާދަޔާޙިލާފު ކަންތައް ކުރެ އެވެ. ހިލްޓަން އަށް ޗެކްއިންކޮށްފައި ދިރިއުޅުން އެހެން ތަނެއްގައި ޙިޔާރު ކުރަނީ މަދެއްކޮށެއް ނޫނެވެ. ޙާއްސަކޮށް މުއްސަނދިން މިހެން ހަދަ އެވެ.

އޭނާ ޤައިމު ވެސް ޗެކިން ކުރި އެވެ. އެކަމަކު ގެއްލުނީ އެވެ. ހައުސްކީޕަރު މީހާ ދެނެގަނެގެން ހުރީ އެއީ ހަމަ އާދައިގެ ކަމެއްގެ ގޮތުގަ އެވެ.

އެކަމަކު އޭނާ އަށް ކަންތައް މައްސަލައަކަށް ވަނީ އެ ޗެކިން ވީ މީހާގެ ޕާސްޕޯޓާއި އަތްދަބަހާއި ލާރި ހުރި ގޮތަށް މޭޒު މަތީގައި ހުރީމަ އެވެ.

އޭނާ ޗެކިން ވީ ދުވަހުގެ ފަހުން އެއްވެސް އެއްޗެއްގައި އަތް ލައިފައެއް ނެތެވެ. ހަމައެކަނި ސާފު ކުރަން ވަންނަނީ ރޫމްބޯއި އެވެ. އަދި މިއަދު އެއް ހަފްތާކޮށްފައި ކަންތައް މިހެން ހުރީތީ ފްރަންޓް އޮފީހަށް ރިޕޯޓް ކުރީީި އެވެ.

އެ މީހުން ވެސް އެކަމަކީ މާ ބޮޑު ކަމެއް ކަމަށް ނުދުއްޓެވެ. ސަބަބަކީ އޭނާ ވަނީ އެޑްވާންސްކޮށް ދެ ހަފްތާ އަށް ލާރި ދައްކާފައި ކަމެވެ. އަދިި ހީނާގެ ކްރެޑިޓް ކާޑު ވެސް އެ މީހުންގެ އަތުގައި ގެރެންޓީއެއް ގޮތަށް ވަނީ ދީފަ އެވެ. އަނެއްކާ އެ މީހުންނަށް އެއީ ކާކުކަން ވަރަށް ސާފުކޮށް އެނގެ އެވެ.

އެ މީހުން ޤަބޫލް ކުރާ ގޮތުގައި އެއީ މީޑިޔާ އަށް ފިލަންވެގެން އޭނާ އެތަނުން ރޫމެއް ހިފާފައި ދެން ދިޔަ ދިމާލަކަށް ދިޔައީ އެވެ.

ފިލްމް ސްޓާރުން މިކަހަލަ އާދަޔާޙިލާފު ކަންތައްތައް ކުރާނެ އެވެ. އަދި އެ މީހުންގެ ޙިޔާލަށް ވެސް މި ދިމާވި ޓެރަރިސްޓް އެކްސިޑެންޓަކާ އޭނާ އާ އެއްވެސް ގުޅުމެއް ނޯންނާނެ އެވެ. އެކަމަކު ވެސް އެ މީހުން ރިފަރެންސަކަށް އޭނާ ޗެކިން ކުރުމަށް ފަހު އެއްގޮތަކަށް ވެސް ރޫމަށް ނާންނަ ވާހަކަ ލިޔުނެވެ. އެކަމަކު އެ މީހުން މި ވާހަކަ މީޑިޔާތަކަށް ނުމެ އަންގާނެ އެވެ. މިއީ ސިއްރު މަޢުލޫމާތެކެވެ.

ސަބަބަކީ އޭނާގެ އެެ ގެއްލުމަކީ އޭނާގެ ލޯބީގެ ޙަޔާތާ ގުޅުން ހުރި ކަމެކެވެ. އެހެން ހޮޓާ ގެސްޓު ހައުސް ގޮތަށް ހިލްޓަން ވެސް އެ މީހުންގެ ކަސްޓަމަރުންގެ ޕްރައިވަސީ އަށް ވަރަށް ބަލަ އެވެ.

ޖެހިގެން އައި ހޯމަ ދުވަހު ޔާސިރު، އުލްފަތަށް ގުޅި އެވެ. ޔާސިރަކީ ހީނާގެ ފުރަތަމަ ފިރިމީހާ އެވެ. އަދި ހީނާގެ ކުދިންގެ ބައްޕަ އެވެ.

އެ މީހުން ވަރިވެފައި ތިއްބަސް ވާހަކަ ދައްކައި، ކުދިންގެ ކަންތަކާ މަޝްވަރާކޮށް ހަދަ އެވެ.

އޭނާ އެތައް ފަހަރަކު ފާއިތުވި ހަފްތާގައި ހީނާ އަށް ގުޅިކަމާއި ފޮނުވި އެއްވެސް މެސެޖަކަށް ޖަވާބު ނުލިބުނު ވާހަކަ އުލްފަތު ކާރީ ބުންޏެވެ. އަދި މިކަމަކީ އާދަޔާޙިލާފު ކަމެއް ކަމަށް ޔާސިރު ފާހަގަ ކުރި އެވެ. (ނުނިމޭ)

ނޯޓް: މި ވާހަކައަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޑެނިއަލް ސްޓީލްގެ "އޮނާ ދައިސެލްފް" އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކަ "އައްޑޫ ލައިވް" ގައި ޝާއިއު ކުރާނީ ކޮންމެ އަންގާރަ ދުވަހަކު އެވެ.