އިންޑިއާ ސަރުކާރުގެ އެހީގައި މިވަގުތުވެސް ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ 28 މަޝްރޫއެއް ކުރިއަށްދާ ކަމަށް އިންޑިއާ ހައިކޮމިޝަނުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް އިންޑިއާ ހައިކޮމިޝަނުން ކޮށްފައިވާ ޓްވީޓުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މަޝްރޫޢުތައް ކުރިއަށްދާކަން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ޒުވާނުން، ފަތުރުވެރިކަން، ސިއްޙީ، ތަޢުލީމީ، ކުޅިވަރު، މަސްވެރިކަން އަދި ތަރިކައާއި ސަޤާފަތުގެ ދައިރާއިން ކުރިއަށްގެންދާ މަޝްރޫޢު ފާހަގަކޮށްލެވެއެވެ.
މީގެތެރޭގައި ޓޫރިޒަމް، ޔޫތް، އެޑިއުކޭޝަން، ސްޕޯޓްސް، ހެލްތް، ފިޝަރީސް، އަރޓް އަދި ކަލްޗަރ ފަދަ ދާއިރާތައް ހިމެނެއެވެ. އަދި އިތުރު 100 މިލިއަން ރުފިޔާގެ ހިލޭ އެހީގެދަށުން މިފަދަ އިތުރު މަޝްރޫޢުތައް ހިންގުމަށްދަނީ މަޝްވަރާކުރެވެމުންނެވެ.
2/2— India in Maldives (@HCIMaldives) February 24, 2023
އަދި އިތުރަށްވެސް މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް، އިތުރު 100 މިލިއަން ރުފިޔާގެ އެހީތެރިކަން ދިނުމުގެ ކަންކަން ހަމަޖެހެމުންދާކަން ވަނީ ބުނެފައެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް މަޝްރޫޢުތައް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން، ބުދަ ދުވަހު ދިވެހި ޙާރިޖީ ވުޒާރާއާއި މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މިބައްދަލުވުމުގައި ސަރުކާރުގެ އިސްފަރާތްތަކާއި މަސައްކަތް ހިނގަމުންދާ ރަށްތަކުގެ ކައުންސިލުގެ ފަރާތުންވެސް ވަނީ ބައިވެރިވެފައެވެ.
Meeting to review the progress of ongoing projects under the High Impact Community Development Projects grant scheme facilitated by #India 🇮🇳 was held today. The review was joined by the High Commissioner of India @AmbMunu and senior officials of #Maldives 🇲🇻 Govt. and Councils. pic.twitter.com/tqL8I6nL1U
— Ministry of Foreign Affairs 🇲🇻 (@MoFAmv) February 22, 2023
މިފަދަ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފަހުން ނިމިފައިވާ ފާހަގަކޮށްލެވޭ އެއް މަޝްރޫޢު އަކީ އޮލިމްޕަސް މަޝްރޫޢުއެވެ. މިމަހު ކުރީކޮޅު ބޭއްވި އޮލިމްޕަސް ހުޅުވުމުގެ ރަސްމީއްޔާތުގައި އިންޑިއާ ހައިކޮމިޝަނުން ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް މީގެ 46 މަޝްރޫއު ފެށިފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން، 23 މަޝްރޫޢުއެއް އޮލިމްޕަސް ހިމެނޭހެން ނިންމާފައިވާކަމަށް ވިދާޅުވިއެވެ.