ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އަސްކަރީ ދާއިރާ އިން ގުޅުން ވަރުގަދަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިއަށް ދިޔައީ މިހާރު މިހާރު އަބޫދާބީގައި ކުރިއަށްދާ "އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން 2023" ގެ ތެރެއިންނެވެ. އެގޮތުން ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޔޫއޭއީގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އިންޖިނިއަ ޢީސާ ސައިފް ބިން އަބްލަން އަލް މަޒްރޫ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެ އެވެ.
އެ ބައްދަލުވުމުގައި ދެ ގައުމުން ވެސް ޑިފެންސް އެގްޒިބިޝަންތައް ފަދަ ބައްދަލުވުންތަކުގެ މުހިއްމުކަން ފާހަގަކޮށްފައިވެ އެވެ. އަދި އަސްކަރީ ދާއިރާ އިން މުޅި ދުނިޔޭގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ކަމާއި ގުޅޭ ހުރިހާ ފަރާތެއް އެއްތަނަކަށް ޖަމާވެ އަމާންކަން ކަށަވަރުކުރުމުގައި ހުރި ހިރާސްތައް ދެނެގަނެ މަޝްވަރާކުރެވޭނެ މަންސައެއް މިފަދަ ބައްދަލުވުން ތަކުގެ ސަބަބުން ލިބިފައިވާކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.
Had a productive meeting with CDS of🇦🇪 Gen Issa. We both spoke about defence cooperation being the key to lasting peace. #IDEX2023 was impressive with many new products on display. Looking forward to enhancing defence coperation between our 2 sisterly nations 🇦🇪 🇲🇻@Forsan_UAE https://t.co/legw5HwVMw
— Mariya Didi 🎈 (@MariyaDidi) February 24, 2023
އެގޮތުން މިފަދަ ބައްދަލުވުންތަކުގައި ގޮތް ނިންމާ ފެންވަރުގެ ބޭފުޅުންނާއި އަސްކަރިއްޔާގެ އެކި ފަރާތްތަކުން ބައިވެރިވުމަކީ މިކަމުން ނަތީޖާ ނެރެވިދާނެ ކަމެއް ކަމަށް މާރިޔާ އާއި ޔޫއޭއީގެ ޗީފް އޮފް ސްޓާފް ވެސް ފާހަގަކުރައްވާފައިވެ އެވެ.
استقبل معالي الفريق الركن عيسى سيف بن عبلان المزروعي، رئيس أركان القوات المسلحة بمكتبه في معرض الدفاع الدولي #آيدكس 2023، اللواء عبدالله شامال قائد قوات الدفاع في جزر المالديف والوفد المرافق، حيث تم استعراض علاقات التعاون التي تربط الجانبين وذات الصلة بالشؤون العسكرية والدفاعية. pic.twitter.com/0I0y1ZVihI
— وزارة الدفاع |MOD UAE (@modgovae) February 24, 2023
ބައްދަލުކުރެއްވުމާ މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޫއޭއީގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފްއާ އެކު ކުރިއަށް ދިޔައީ ކާމިޔާބު އަދި މުހިއްމު ބައްދަލުވުމެއް ކަމަށެވެ. އަދި އެ ބައްދަލުމުގައި ދެ ގައުމުގައި އަމާންކަމާއި ހަމަޖެހުން ޤާއިމުކުރުމަށް އަސްކަރީގޮތުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެވި މަޝްވަރާ ކުރެވުނު ކަމަށާއި، އޭގެ ސަބަބުން ދެ ގައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަން މިނިސްޓަރު ވިދާޅުވި އެވެ. ފާހަގަކުރައްވާފައެވެ.
"އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން 2023" ފެށީ މި މަހުގެ 20 ގަ އެވެ. އަދި އެ ކުރިއަށް ދާނީ މިއަދުގެ ނިޔަލަށެވެ.