ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އޮތް ލޯތްބާއި ތާއީދު އަންނަނީ އެއް ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށާއި މި އަހަރުގެ ރިޔާސީ އިންތިހާބު ވެސް އެ މަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސ އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު ވިދާޅުވީ ދިވެހި ރައްޔިތުންނަށް އޮތް އުންމީދަކީ ވެސް ޔާމީން ކަމަށެވެ.
"ރައީސް ޔާމީން މިނިވަންކޮށް، އިންތިހާބު ކާމިޔާބު ކުރާނަން،" އާދަމް ޝަރީފު ވިދާޅުވި އެވެ. "ނުހައްގުން ތިން ފަހަރަށް ޖަލަށް ލުމުން ވެސް ރައްޔިތުންގެ ތާއީދާއި ލޯބި ރައީސް ޔާމީނަށް އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުން."
Riyaasee inthihaabugai Dhivehi Rayyithunge ummeedhakee Raees Yameen! Iraadhakurevviyyaa, Raees Yameen minivankoh, inthihaabu kaamiyaabu kuraanan!
Nuhaggun 3 vana faharah jalah lumunves Rayyithunge thaaeedhaai loabi Raees Yameenah eh dhuvahun aneh dhuvahah dhanee ithuruvamun!— Adam Shareef Umar (@Adamshareefz) February 24, 2023
ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި އުފުލި މަނީ ލޯންޑްރިންގެ ދަޢުވާ އާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. އެ ހުކުމް މިހާރު އޮތީ ހައި ކޯޓްގައި އިސްތިއުނާފުކޮށްފަ އެވެ.
ޔާމީނަށް ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނީ އެ ހުކުމް ކޯޓުން ބާތިލުކޮށްފި ނަމަ އެވެ.
ޔާމީނަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް އެރުވީ މިދިޔަ އަހަރުގެ އޮގަސްޓް 19 ގަ އެވެ.