Last Updated: June 23, 18:18
Tuesday, June 23, 2026
ޚަބަރު

މުޅި ޕީޕީއެމް އޮތީ ގަދަކޮށް: ގައްސާން

RemasterDirector_5122f8b34

ރައީސް އަބްދުﷲ ޔާމީން ލަފައާ އެކީ މުޅި ޕީޕީއެމް އޮތީ ކެތްތެރިކަމާ އެކީ ގަދަ ހިތްވަރުގައި ގަދަކޮށް ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫނު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) އަކީ ކޯލިޝަން ހަދަން ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށް އެ ޕާޓީން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކޮށް، އެ ޕާޓީއާ އެކީ ކޯލިޝަން ހަދަން ނިންމުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޅި ޕީޕީއެމް އޮތީ ވަރަށް ގަދަކޮށް، އަޒުމާ އެކީގައި ކަމަށެވެ.

"ރައީސް ޔާމީންގެ ލަފާފުޅާ އެކީ މުޅި ޕީޕީއެމް ކެތްތެރިކަމާއި އިހުލާސްތެރިކަމާ އެކީ އެއް އަޒުމެއްގައި ގަދަ ހިތްވަރުގައި ސާބިތުވެ މަސައްކަތުގައި އެބަތިބިން،" އޭނާ ވިދާޅުވި އެވެ. "[ރިޔާސީ] އިންތިހާބު ކާމިޔާބު ކުރައްވާނީ ރައީސް ޔާމީން."

ޔާމީން ގެންދަވަނީ މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ރިޔާސީ އިންތިހާބަށް ކެމްޕޭން ވެސް ކުރައްވަމުން ގެންދަނިކޮށް، ވ. އާރަށުގެ މައްސަލައިގައި މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފިކަމުގެ ކުށުގެ ދައުވާ ސާބިތުވެ، ޔާމީނަށް ހުކުމް ކުރީ ޑިސެމްބަރު މަހުގެ 25 ގަ އެވެ.

އެ ހުކުމް އިސްތިއުނާފުކުރަން މި މަހުގެ 21 ގައި އޮތީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެހެންވެ ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނީ ކޯޓުން އެ ހުކުމް ބާތިލުކޮށްފި ހާލަތެއްގަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.