މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމު (ސަން ސިޔާމު) އަކީ އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް ގައުމުގެ މަސްލަހަތަށް އިސްކަން ދެއްވާ ބޭފުޅެއް ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވި ނިންމެވުން ބާތިލުކޮށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޔާމު ތާއީދު ކުރައްވައި އެމްޑީއޭ އިން އެމްޑީޕީއާ އެކީ އެކީ ކޯލިޝަން ހަދަން ނިންމުމާ ގުޅިގެން މަރުހަބާ ވިދާޅުވެ، މަވޯޓާ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ސިޔާމަކީ ހަގީގީ މާނައިގައި ގައުމު ދެކެ ލޯބިވާ ބޭފުޅެއް ކަމަށެވެ.
Maruhabaa @SunSiyam and @SecretariatMDA . Thiyaee hageegee maanaiga gaumu dheke loabivaa amilla masalahathah vuren gaumee masalahathu kuriyah neruvvi hivvaru gadha beyfulhun
— Ibrahim Shareef (@AdduShareef) February 25, 2023
"ތިޔައީ ހަގީގީ މާނައިގައި ގައުމު ދެކެ ލޯބިވާ އަމިއްލަ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު ކުރިއަށް އަށް ނެރުއްވި ހިތްވަރު ގަދަ ބޭފުޅެއް،" އޭނަ ވިދާޅުވި އެވެ.
މަވޯޓާ ވިދާޅުވީ އެމްޑީއޭގެ ލީޑަޝިޕުން މި ދަނޑިވަޅުގައި ނެގި ސިޔާސީ ނިންމުމަކީ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.
MDD adhi e partyge leader @SunSiyam e nengevee gaumah takai muhimmu fiyavalheh. Mulhi dhuniye Covid aa gulhigen kurimathivi kaarisaa in araigarhumah hes kiyaafa masakkaiy kuramun vagutheggaa @ibusolih ge siyaasathu kuriyah gendhiumah magufahi kurun e ee gaumah varah muhimmu kameh
— Ibrahim Shareef (@AdduShareef) February 25, 2023
"…ރައީސް ސޯލިހުގެ ސިޔާސަތު ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުން އެއީ ގައުމަށް ވަރަށް މުހިއްމު ކަމެއް." އޭނާ ވިދާޅުވި އެވެ.
އެމްޑީއޭ އިން އެމްޑީޕީއާ އެކީ ކޯލިޝަން ހަދަން ނިންމީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް އެ ޕާޓީއާ އެކު ކޯލިޝަން ހަދަން ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ. އެމްޑީއޭ އަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ކޯލިޝަން ބައިވެރިއެކެވެ.