Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

"ހީރާ ޕޭރީ 4" ގެ ވިލަންއަކަށް ސަންޖޭ

"ހީރާ ޕޭރީ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު "ހީރާ ޕޭރީ 4" ގެ ނަމުގައި މިހާރު ހަދަން ފަށާފައިވާ އިރު، މީގެ ވިލަންއަކަށް ސަންޖޭ ދަތު ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް ފިލްމުގެ ޓީމުން އަދި ކަށަވަރުކޮށެއް ނުދެ އެވެ.

"ހީރާ ޕޭރީ 4" އިން ވެސް މީގެ އޮރިޖިނަލް ކާސްޓް ކަމަށްވާ އަކްޝޭ ކުމާރާއި ސުނިލް ޝެޓީގެ އިތުރުން ޕަރޭޝް ރާވަލް އެ މީހުންގެ ކުރީގެ ކެރެކްޓާތަކުން ފެންނާނެ އެވެ. އާ ފިލްމުގެ ޑައިރެކްޓަރަކީ މި އަހަރުގެ ފިތުރު އީދަށް ތާވަލުކޮށްފައި އޮތް ސަލްމާން ޚާންގެ "ކިސީ ކާ ބާއީ، ކިސީ ކާ ޖާން" ގެ ޑައިރެކްޓަރު ފަރުހާދު ސަމްޖީ އެވެ.

އަކްޝޭ ކުރިން ވަނީ ސާޖިދާ އެކީ ތިން ފިލްމެއްގެ މަސައްކަތްކޮށްފަ އެވެ. އެއީ "ހައުސްފުލް" 3 އާއި 4 ގެ އިތުރުން "ބައްޗަން ޕާންޑޭ" އެވެ.

"ހީރާ ޕޭރީ 4" ގެ ކާސްޓާ ސަންޖޭ ގުޅުނު ކަމަށް މީޑިއާތަކުން ބުނާ އިރު، މީގެ މަންޒަރުތަކެއް ޔޫއޭއީގެ އަދޫ ދާބީ އާއި އެމެރިކާގެ ލޮސް އެންޖެލިސްގައި ނަގާ ގޮތަށް ހަމަޖެހިފައިވެ އެވެ. އެކަމަކު އަދި ފިލްމުގެ ބަތަލާއިންނަކީ ކޮބައި ކަމެއް ސާފެއް ނުވެ އެވެ.

"ހީރާ ޕޭރީ" 2000 ވަނަ އަހަރު ގެނެސް ދިނުމަށް ފަހު "ޕިރު ހީރާ ޕޭރީ" ގެނެސްދިނީ 2006 ގަ އެވެ.