ސްކޭމަރުންގެ އުކުޅުތަކުގެ ޝިކާރައަށްވެ ޒާތީ މައުލޫމާތު، އެމީހުންގެ އަތަށް އަރައިފި ނަމަ، އެކައުންޓުގެ ވެރިފަރާތް ކޮންމެ ތަނެއްގައި ހުއްޓަސް ލާރި ނަގާފާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މިހެން ބުނެފައިވަނީ، ޅ. ނައިފަރުގައި ހުރި މީހެއްގެ އެކައުންޓުން މާލޭގެ ފިހާރައަކަށް ގޮސް، ވިޔަފާރި ކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވެ ސޯޝަލް މީޑިއާގައި އާންމުވުމުން، އެކަމާއި ގުޅިގެން ދިން ޖަވާބުގައެވެ. މިގޮތުން ބީއެމްއެލް އިން ބުނެފައިވަނީ ބޭންކުގެ މުވައްޒަފުން އަބަދުވެސް ބާލާނީ ކަސްޓަމަރުންގެ މައުލޫމާތު ރައްކާ ކުރުމަށް ކަމަށާއި، މިފަދަ ކަންކަމުގައި ބޭންކުން ގެންގުޅެނީ ޒީރޯ ޓޮލަރެންސް ޕޮލިސީއެއް ކަމަށެވެ.
Our staff are committed to protecting customer information and we have a zero-tolerance policy for breach of confidentiality. If customer's personal data is compromised due to scamming tactics, scammers can conduct remote access scams without geographical constraints.1/2
— Bank of Maldives (@bankofmaldives) February 25, 2023
"ސްކޭމަރެއްގެ އުކުޅުތަކުގެ ސަބަބުން ކަސްޓަމަރެއްގެ މައުލޫމާތު އާންމުވެއްޖެ ނަމަ، ސްކޭމަރުންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް ސްކޭމް ކުރެވިދާނެ" ބޭންކުން ހާމަކުރެއެވެ. "އަޅުގަނޑުމެން ކަސްޓަމަރުން އަބަދުވެސް ގިނަގައިން ޕާސްވޯޑް ބަދަލުކޮށް، އީމެއިލް އަދި އެހެނިހެން ލިންކްތަކަށް ސަމާލުވެ އަދި އެއްވެސް ޒާތީ މައުލޫމާތެއް އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށް"
އަދި މިފަދަ ކަމެއް އެއްވެސް ފަރާތަކަށް ދިމާވެއްޖެނަމަ، ފުލުހުންނަށް ރިޕޯޓް ކުރުމަށް ބޭންކުން އެދެއެވެ.
ބޭންކް އޮފް މޯލްޑިވްސް އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ މިފަހަކަށް އައިސްވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިމައްސަލައިގައި ބޭންކުން ބުނެފައިވަނީ އެއްވެސް ކަސްޓަމަރެއްގެ ޒާތީ މައުލޫމާތު ބޭންކުގެ ތެރެއިން އާންމު ވެފައި ނުވާ ކަމަށެވެ.
Hence, we advise customers to frequently change passwords, be mindful of fraudulent emails/links, proceed with caution when sharing personal information and if misled by scam, to report to the relevant investigating authority, Maldives Police Service. 2/2
— Bank of Maldives (@bankofmaldives) February 25, 2023
މިމައްސަލާގައި ދިވެހި ފުލުހުން ވަނީ ގިނަ ދިވެހިންގެ ޒާތީ މައުލޫމާތު އިންޓަނެޓުގައި އާންމުވެފައިވާ ކަމަށް ބުނެފައެވެ. އަދި މިކަން ޗެކްކޮށް އިތުރަށް ސަމާލުވުމަށް ފުލުހުންވެސް އެދެއެވެ. މީގެ އިތުރުން އެއްވެސް ރަސްމީ އިދާރާއަކުން އެއްވެސް މީހެއްގެ އެކައުންޓު ނުވަތަ ކާޑު އަދި އޯޓީޕީވެސް ހޯދަން ނުގުޅާނެ ނުވަތަ މެސެޖްވެސް ނުކުރާނެ ކަމަށް އިދާރާތަކުން ހަނދާންކޮށްދެއެވެ. އެހެން ކަމުން މިފަދަ ކަންކަމަށް ރައްޔިތުން ސަމާލުކަން ދިނުމަށް އިދާރާތަކުން އިރުޝާދު ދެއެވެ.