Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

ރަވީ އަށް 4 ވަނަ ކައިވެންޏެއް

މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީއާ ކައިވެނި ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް މިދިޔަ އަހަރު އެ ކައިވެނި ރޫޅާލާފައި ވަނިކޮށް އެކްޓަރު ރަވީ ފާރޫގް އަނެއްކާ ވެސް ކައިވެނިކޮށްފި އެވެ.

އަންހެނުންނާ އެކީ ނަގާފައިވާ ފޮޓޯތަކެއް ވެސް ރަވީ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ. މިއީ އޭނަގެ ހަތަރު ވަނަ ކައިވެންޏެވެ.

ފިލްމީ އާއިލާއަކަށް ނިސްބަތްވާ ރަވީ އެންމެ ފުރަތަމަ ކައިވެނިކުރީ ލަވަކިޔުންތެރިޔާ ލަހުފާ ފާއިޒާ އެވެ. އެ ކައިވެނި ރޫޅުމަށް ފަހު، އޭނަ ފަހުން ކައިވެނިކުރީ ރިވާ ކިޔާ މީހަކާ އެވެ. އެ ކައިވެނި ރޫޅުނީ ދެ ދަރިން ވެސް ލިބިފައި ވަނިކޮށެވެ.

އޭގެ ފަހުން ރަވީ އާއި ރިޝްމީ ކައިވެނިކުރީ 2019 ގަ އެވެ. އަދި އެ ކައިވެނި ރޫޅައިލީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ދެ ތަރިން އެކީގައި ވަރަށް ކާމިޔާބު ފިލްމެއް ވެސް ކުޅުނެވެ. އެއީ ރަވީ ޑައިރެކްޓްކޮށް، ބަތަލުގެ ރޯލު ކުޅުނު 2016 ގެ "ވިޝްކާ" އެވެ.

ރާއްޖޭގެ މިހާރު އެންމެ ފާހަގަކޮށްލެވޭ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރަވީ އަކީ ބައިސްކޯފުން ގެނެސްދުން މަގުބޫލު ވެބް ސީރީޒް "އެހެނަސް" ގެ ވެސް ޑައިރެކްޓަރެވެ. އޭނަ އަކީ ފިލްމީ ތަރިން ކަމަށްވާ އަލީ ފާރޫގާއި މަރިޔަމް ހަލީމްގެ ދަރިއެކެވެ.