Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ރިސޯޓް މުވައްޒަފުންގެ ތުނބުޅިއާ ގުޅޭ ޕެޓިޝަނެއް

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭ ގޮތް ހެދުމަށް އެދި ޕެޓިޝަނެއްގައި ސޮއިކޮށް، އިކޮނޮމިކް މިނިސްޓްރީ އަށް ހުށަހަޅައިފި އެވެ.

މި ޕެޓިޝަން ހުށަހެޅޯ ޓުއަރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ފަރާތުންނެވެ. އެ ޖަމިއްޔާގެ ފަރާތުން ހުށަހެޅި ޕެޓިޝަނާ ހަވާލުވެވަޑައިގަތީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލެވެ. ޖަމްއިއްޔާގެ ފަރާތުން ޕެޓިޝަން މިނިސްޓަރާ ހަވާލުކުރެއްވީ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރެވެ.

ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި ރިސޯޓްތަކުގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފުން ތުނބުޅު ބަހައްޓައިގެން މަސައްކަތް ކުރެވޭނެ ގޮތް ހެދުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި އެއީ ފިރިހެން މުވައްޒަފުންގެ އަސާސީ ހައްގެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ޓީމުން ބުނީ ޕެޓިޝަނުގައި ފާޅުކޮށްފައިވާ ކަންބޮޑުވުމަށް މިނިސްޓަރު ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.