ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ އަކީ މެމްބަރުން ގިނަޔަސް ނިކަމެތި ޕާޓީއެއް ކަމަށް ބުނުމުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެކަމަށް ރައްދު ދެއްވައިފި އެވެ.
އެމްޑީޕީން ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާތީ އެކަމާ ގުޅުވައި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ކުރެއްވި ޓްވީޓަކާ ގުޅިގެން ފައްޔާޒުގެ ބޭބެ އަދި އެމްޑީޕީގެ ރައީސްކަން ކުރެއްވި އިބްރާހީމް އިސްމާއިލް އިބްރާ) ދެއްކެވި ވާހަކަތަކެއްގެ ރައްދުގައި އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ އެ ބޭފުޅުން އުމުރުން ދުސްވެފައިވުމުން މިހާރު ވިސްނުން ކޮށީ ކަމަށެވެ.
"ނޫނީ ހިތުގެ އޮތް ނަފުރަތު މާ ބޮޑީ." ފައްޔާޒް ވިދާޅުވި އެވެ.
މުއިއްޒު އަދުނާންގެ ޓްވީޓްގައި ވިދާޅުވީ މެމްބަރުން ގިނަޔަސް، އެމްޑީޕީ އަކީ ވަރަށް ނިކަމެތި ޕާޓީއެއް ކަމަށެވެ.
މެމްބަރުން ގިނަޔަސް، އެމް.ޑީ.ޕީ. އަކީ ވަރަށް ނިކަމެތި ޕާޓީއެއް.އެހެންވީމަތާ، އެކަނި ނުކުމެ ރިޔާސީ އިންތިޚާބު، ފުރަތަމަ ބުރުން ކާމިޔާބު ނުކުރެވޭނެކަން ޤަބޫލުކޮށް، ކާމިޔާބުކޮށް ދެވޭނެ ފަދަ އާރާއި ބާރުހުރި ޕާޓީތަކާ ކޮއެލިޝަން ހަދަން ޕާޓީގެ ލީޑަރުން އަވަސްއަރުވާލައިގެން އެއުޅެނީ
— Mohamed Muizz Adnan (@muizzadnan) February 24, 2023
"އެހެންވީމަތާ، އެކަނި ނުކުމެ ރިޔާސީ އިންތިޚާބު، ފުރަތަމަ ބުރުން ކާމިޔާބު ނުކުރެވޭނެކަން ޤަބޫލުކޮށް، ކާމިޔާބުކޮށް ދެވޭނެ ފަދަ އާރާއި ބާރުހުރި ޕާޓީތަކާ ކޮއެލިޝަން ހަދަން ޕާޓީގެ ލީޑަރުން އަވަސް އަރުވާލައިގެން އެ އުޅެނީ." އޭނާ ވިދާޅުވި އެވެ.
މުއިއްޒުގެ އެ ޓްވީޓަށް އިބްރާ ވިދާޅުވީ ފުރަތަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާނުގައި ދެވަނަ ބުރަކުން ވެސް އެމްޑީޕީ އަށް ކާމިޔާނެއް ނުވާނެކ ކަމަށް ޕާޓީގެ އިސް ލީޑަރު ވިދާޅުވަމުން ގެންދަވާ ކަމަށެވެ.
"އެއް ބުރެއް ނޫން. ދެވަނަ ބުރުން ވެސް ނުވާނެ ކަމަށް ޕާޓީގެ އިސް ލީޑަރު އެ ވިދާޅު ވަނީ. އެހެން ކަމަށްވާ ނަމަ، ދެވަނަ ބުރުން ކާމިޔާބު ކުރެވޭވަރުގެ އެހެން ޕާޓީއެއް އޮތީ ނޫންތޯ؟" އިބްރާ ވިދާޅުވި އެވެ.
dhuvas vefa thihnan adhi visnun koshee. noonee hithuga oiy nafrathu maa bodee https://t.co/NO1zM7V2xz
— Fayyaz Ismail (@faya_i) February 25, 2023
އެމްޑީޕީން މިހާރު އަންނަނީ އިންތިހާބަށް ޕާޓީތަކާ އެކީ ކޯލިޝަން ހަދަން މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާރު ވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތުގެ އިތުރުން މުޅިން އަލަށް އެމްޑީޕީއާ އެކީ އެމްޑީއޭ ވަނީ ކޯލިޝަން ހަދަން ނިންމައިފަ އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.