Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ވަޅި ހެރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ހުކުރު ދުވަހުގެ ރޭ މާލޭގެ ފިހާރައެއްގެ ތެރޭގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކު، ފުލުހުންގެ ތަހުގީގަށް ހޯދުނު ހޯދުމުގެ މައްޗަށް، ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ހައްޔަރުކުރި މީހާއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެއްވަ އެވެ.

މާފަންނުގައި "ކްރާސާ" ފިހާރައިގެ ތެރޭހައ ޒަހަމްކޮށްލީ 30 އަހަރުގެ މީހެކެވެ. އޭނަ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އންނަ އިރު، އޮތީ ވެންޓިލޭޓަރުގަ އެވެ.

އެނގިފައިވާ ގޮތުގައި އެ ފިހާރަ ތެރެއަށް އޭނާ ވަނީ ބަޔަކު މީހުން އޭނާ ހޯދަން އަންނާތީ ފިލަންވެގެންނެވެ. ނަމަވެސް އެ ފިހާރަ އަށް ވަނުމުން ދެ މީހަކު ވަދެ ވަޅިން ހަމަލާ ދިނީ އެވެ.

ސީޕީ ވިދާޅުވި ގޮތުގައި މާލޭގައި މިހާރު މާރާމާރީތައް ހިންގަނީ ހަތަރު ގޭންގަކުންނެވެ. އަދި އެފަދަ ހާދިސާތަކާ ގުޅިގެން މިދިޔަ މަހުން ފެށިގެން 16 މީހަކު ހައްޔަރު ވެސް ކޮށްފައިވެ އެވެ.