Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

ދެ ފިހާރައެއް ފަޅާލައި ވައްކަން ކޮށްފި

ހިތަދޫގެ ދެ ފިހާރައެއް ރޭ ފަތިހު ފަޅާލައި ވައްކަން ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޅާލާފައިވަނީ ހިތަދޫ ބޮޑު މަގުގައި ހުންނަ ހެޕީ ޒޯން އާއި ފޯ ސަމް ފިހާރައެވެ.

ފޯސަމް ފިހާރައިގެ އިސް މީހަކު ބުނީ ވަގުން ވަދެފައިވަނީ ރޭ ފަތިހު 4:15 ހާ އިރު އެތަނުގެ ވޮޗަރަށް ތޫނު އެއްޗަކުން ބިރު ދެއްކުމަށް ފަހު ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެންނެވެ.

ވަގުން ވަނީ ފޯސަމް ފިހާރައިގެ ވަށްގަޑު ވަގަށް ގެންގޮސްފައެވެ.

ހެޕީ ޒޯން ފިހާރައިން ފައިސާއާއި ގިނަ ސާމާން ވަނީ ވަގަށް ގެންގޮސްފައެވެ.

މިކަމާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.