Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

އެންމެ ސޯލިހު މީހާ އަށް ވެސް އެންމެންގެ ތާއީދެއް ނުލިބޭ

އެންމެ ސޯލިހު މީހާ އަށް ވެސް ހުރިހާ އެންމެންގެ ރުހުމާއި ތާއީދެއް ނުލިބޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާންމު ގޮތެއްގައި ހެޔޮ މީހުން ލޯބި ވާބީ ހެޔޮ މީހުން ދެކެ ކަމަށާއި ނުބައި މީހުން ލޯބި ވާނީ ނުބައި މީހުން ދެކެ ކަމަށެވެ.

"އެންމެ ހެޔޮލަފާ، ތަގުވާވެރި އިންސާނަކަށް ވެސް އެންމެންގެ ރުހުމާއި ތާއީދެއް ނުލިބޭ،" އިމްރާން ވިދާޅުވި އެވެ. "އަދި އެންމެ ނުބައި ނުލަފާ ޖައްބާރު މީހާއާ އެންމެން ދެކޮޅުވެރިވެ، ނަފުރަތެއް ވެސް ނުކުރޭ."

ބެލެވޭ ގޮތުން އިމްރާންގެ މި ޓްވީޓަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އިޝާރާތްކޮށް ވިދާޅުވި އެއްޗެކެވެ. އެ މަނިކުފާނު ވެރިކަމުގެ ދެވަނަ ދައުރަކަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިރު، އަދާލަތަކީ ރައީސަށް ތާއީދުކޮށް، އެމްޑީޕީއާ ކޯލިޝަން ހަދަން ވެސް ނިންމާފައިވާ ޕާޓީއެކެވެ. އަދި އެ ޕާޓީ އަކީ ސަރުކާރުގެ މިހާރުގެ ވެސް ކޯލިޝަން ބައިވެރިއެކެވެ.

އިމްރާން ވިދާޅުވަމުން ގެންދަވާ ގޮތުގައި ރާއްޖެ އަށް އަދިވެސް ބޭނުން ވަނީ ރައީސް ސޯލިހު ފަދަ ވެރިއެކެވެ. އަދި އެ މަނިކުފާނަކީ ގިނަ ބަޔަކު ގޮވައިގެން މަސައްކަތްކުރެއްވުމުގެ ލީޑަޝިޕް ހުންނެވި ބޭފުޅެކެވެ.

ރައީސް ސޯލިހު ރިޔާސީ އިންތިހާބަށް ވާދަކުރައްވާ އިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ އެ މަނިކުފާނާ ދެކޮޅަށެވެ.