އައްޑޫގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް "ގޯދިއްޔާ ފުޓްސަލް ކަޕް"ގެ ގުރުލުން މިއަދު ހަވީރު މަރަދޫ އިރުޝާދިއްޔާ ސްކޫލްގައި ބާއްވައިފިއެވެ.
ޖުލައި 4 އިން ޖުލައި 27 އާއި ހަމައަށް ބާއްވާ މުބާރާތުގައި މިފަހަރުވެސް ވަނީ 20 ޓީމަށް ފުރުސަތު ދީފައެވެ.
4 ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ :
ޒެލޯން، އަބާނީ، އެފްސީ ޒެފިއާ، އަދި ކްލަބް މަރަދޫ އަދި އެފްސީ އުސްގަނޑުއެވެ.
ގްރޫޕް ބީ:
ޝަންގްރިއްލާ ޔުނައިޓެޑް، ފްރެންޑްސް ކްލަބް، މަލްޓި ޖީނިއަސް، ބިންގޯ އެފްސީ އަދި އީ ސްޓޯންއެވެ.
ގްރޫޕް ސީ:
އެފްވައިސީ، މާކަރީ ޔުނައިޓެޑް، ޒިލޮޓް، ޓީއެފްޓީ ވެރިއާސް، އަދި ޔުނައިޓެޑް ފްރެންޑްސްއެވެ.
ގްރޫޕް ޑީ:
ހަބޭސް، ޔަންގް ވަންސް، އެފްއާރްޓީ، އެފްސީ ރެސްޕެކްޓް، އަދި ސަދަން ވަޮރިއާސް އެވެ.
އެސްޓިއޯއިން މެއިން ސްޕޮންސާ ކޮށްފައިވާ މި މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ، ބެންކް އޮފް މޯލްޑިވްސް، އަލޯރާ، އައި ކެއާ، އުރީދޫ އެވެ. މީޑިއާ ޕާޓްނާއަކީ އައްޑޫލައިވްއެވެ.
މުބާރާތް ހުޅުވާ މެޗްގައި ބައްދަލު ކުރާނީ ޒިލޯން އާއި އެފްސީ ޒެފިއާއެވެ.