Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ހުވަފެންފުށި މަރާމާތަށް ބަންދު ކުރަނީ

މަރާމާތަށް ހުވަފެންފުށި ރިސޯޓް ބަންދުކުރަން ނިންމައިފި އެވެ.

އެ ރިސޯޓްގެ މެނޭޖްމަންޓުން ބުނީ މަރާމާތަށް ވަގުތީ ގޮތުން ރިސޯޓް ބަންދުކުރަން ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ 15 އިން ފެށިގެން ކަމަށެވެ. އަލުން ރިސޯޓް ހުޅުވަން ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައިި ހިމެނޭ ހުވަފެންފުއްޓަކީ މާލޭ އެއާޕޯޓުން ފުރައިގެން ލޯންޗްގައި ބައި ގަޑިއިރުން ދެވޭ ހިސާބުގައި އޮންނަ ރާއްޖޭގެ އެންމެ މަގުބޫލު އެއް ރިސޯޓެވެ.

އެ ރިސޯޓްގެ ޖެނެރަލް މެނޭޖަރު ނޮއެލް ކެމެރޮން ވިދާޅުވީ މަރާމާތުތަކަށް ފަހު ސެޕްޓެމްބަރުގައި އަލުން ރިސޯޓް ހުޅުވާ އިރު، އެތަނުގެ ފެސިލިޓީތަކާއި ހިދުމަތްތައް މިހާރަށް މާ ބޮޑަށް ވެސް ފުރިހަމަވެފައި ރަނގަޅުވާނެ ކަމަށެވެ.

ހުވަފެންފުށީ ރިސޯޓަކީ ސްމޯލް ލަގްޒަރީ ހޮޓެލްސް އޮފް ދަ ވޯލްޑް (އެސްއެލްއެޗް) އިން ހިންގަމުން އަންނަ ރިސޯޓެކެވެ.