ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ އިންތިހާބު އޭޕްރިލް 15 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓެއްގައެވެ.
ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން 2023 އޭޕްރިލް 15 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން 2023 އޭޕްރިލް 15 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އީ.ސީ އިން މިއަދު ނިންމައިފި. ފޯމު ބަލައިގަތުން މާދަމާ އިން ފެށިގެން.@ElectionsMv @mvpeoplesmajlis @psmnewsmv @Ch13official @Raajje_tv @Sangu_TV
— Ismail Habeeb (@IsmailHabeeb) February 26, 2023
އަދި އިންތިހާބަށް ފޯމު ބަލައިގަތުމް މާދަމާއިން ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް ފޯމު ބަލައިގަންނާނެ އެންމެ ފަހު ތާރީހެއް އަދި ހާމަނުކުރެއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާހިމް ރިޟާ ނިޔާވުމާ ގުޅިގެންނެވެ.