Last Updated: July 26, 09:53
Sunday, July 26, 2026
ޚަބަރު

ވަޅި ހަރައިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް

ކްރިމިނަލް ކޯޓު --

މާލޭގެ ފިހާރައެއްގެ ތެރޭގައި މީހަކަށް ވަޅިން ހަމަލާދިން މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދު މުއްދަތު ޖަހައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވަނީ 20 އަހަރުގެ މީހެކެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މާރާމާރީގައި ޒަހަމު ކޮށްލާފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ.