Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

އައްޑޫގެ ތަރައްޤީއާއި ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރާއި ސުވާލު ކުރަނީ

ޑޜ. ޝައިނީ. ފޮޓޯ: ހަވީރު

އައްޑޫގެ ތަރައްޤީއަށް މިއަހަރު ފިޝަރީޒް މިނިސްޓްރީން ގެންގުޅޭ ޕްލޭން ތަކާއި ބެހޭ ގޮތުން ސުވާލު ކުރުމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ މިއަދުގެ މަޖްލިސްއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ޝައިނީ މަޖިލިސް އަށް ހާޒިރު ކުރަނީ ރައްޔިތުންގެ މަޖިލިސް މީދޫ ދާއިރާގެ މެމްބަރ ރޮޒެއިނާ އާދަމް ސުވާލު ކުރަން ބޭނުން ވުމާއި ގުޅިގެންނެވެ.

ރޮޒެއިނާ ވަނީ ހައުސިން މިނިސްތަރ ޑރ. މުހައްމަދު މުއިއްޒުވެސް ސުވާލު ކުރުމަށް މިދިޔަ އަންގާރަ ދުވަހު މަޖްލިސްއަށް ހާޒިރު ކޮށްފައެވެ.

ނަމަވެސް މިނިސްޓަރާ ސުވާލު ކުރެއްވުން ކުރިއަށްގެން ދިޔަ ވަގުތު މަޖިލީހުގެ ނިޒާމް ގެއްލިގެން ވަނީ ޖަލްސާ ހުއްޓާލާފަ އެވެ.

ފިޝަރީޒް މިނިސްޓަރާއި ސުވާލު ކުރުމަށް މިއަދު ޑރ. ޝައިނީ މަޖްލިސްއަށް ހާޒިރު ކުރާއއިރު، ޝައިނީ ވަނީ އައްޑޫގެ ތަރައްޤީއަށް ކައުންސިލުން ހުރަސްއަޅާ ކަމަށް ވާހަކަ ދައްކަވާފައެވެ. ޝައިނީ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން ފިޝަރީޒް މިނިސްޓްރީއިން ހިތަދޫގައި ގާއިމް ކުރުމަށް ނިންމާފައިވާ މަސް ފެކްޓަރީ އަޅާނެ ބިމެއް ހަމަޖައްސާދީފައި ނުވާ ކަމަށެވެ.

ޝައިނީ އެގޮތަށް ވިދާޅުވެފައިވާ އިރު ހިތަދޫ އާރްއޭފް ސަރަހައްދުން މަސް ފެކްޓަރީ އެޅުމަށް ކައުންސިލުން ވަނީ ބިން ހަމަޖައްސާ ދީފައެވެ.