Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ހިޔާ ފްލެޓްގައި އުޅޭ މީހުންނަށް ސާވޭއެއް

ހިޔާ މަޝްރޫއުގެ ފްލެޓުތައް: ފޮޓޯ / ވަން

ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ފެންވަރު ރަނގަޅުކުރަން އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ހިޔާލު ހޯދުމަށް ސާވޭއެއް ކުރަން އެޗްޑީސީން ނިންމައިފި އެވެ.

އެޗްޑީސީން ބުނީ މި ސާވޭ ކުރުމަށް ހަމަޖެހިފައި ވަނީ މާދަމާއިން ފެށިގެން އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، ސާވޭއަށް މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައި ވަނީ ފްލެޓްތަކަށް ޒިޔާރަތްކޮށް އޮންލައިން ފޯމެއް ފުރައިގެން ކަމަށެވެ.

މިގޮތުން މި ސާވޭގައި އާމްދަނީ، ހަރަދު، ކޭޝް ކާރޑް އަދި ބޭންކް އެކައުންޓްފަދަ މައުލޫމާތުތައް ނާހާނެކަން ކަމަށާއި، މި ސާވޭއަށް ބޭނުންވާ އިތުރު މައުލޫމާތު ސާފު ކުރަން ޖެހިއްޖެ ހާލަތެއްގައި ގުޅާނީ އެޗްޑީސީގެ ރަސްމީ ނަންބަރުންކަން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން މި ސާވޭގެ މަސައްކަތުގައި ބައިވެރިވާ އެޗްޑީސީގެ މުވައްޒަފުން ތިބޭނީ އެ ކޯޕަރޭޝަންގެ މުވައްޒަފުންކަން އަންގައިދޭ ކާޑު އަޅައިގެން ކަމަށްވެސް އެޗްޑީސީން ބުނެ އެވެ. އަދި މި ސާވޭއާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ކޯލް ސެންޓަރު 1516 އަށް ގުޅުމުން ލިބޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ.