ހަތަރު ގައުމެއް ބައިވެރިވެގެން މިހާރު މޭލާގައި ކުރިއަށްދާ މި އަހަރުގެ ފޯ ނޭޝަންސް ކަޕުން ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމު ކަޓައިފި އެވެ.
އެ ޓީމް ކެޓީ ރޭ މެލޭޝިއާ ދެކޮޅަށް ކުޅުނު މެޗުން ތިން ސެޓުން ބަލިވުމުންނެވެ. ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުރިއަށްދާ މުބާރާތުގެ ރޭގެ މެޗުގެ ސެޓުތައް މެލޭޝިއާ އިން ގެންދިޔައީ 25-14، 25-18 އަދި 25-23 އިންނެވެ.
މިއަދު ކުޅޭ މުބާރާތުގެ ފައިނަލްގައި އެ ގައުމު ނުކުންނާނީ ފުރަތަމަ ސެމީގައި އަފްގާނިސްތާން ބަލިކުރި ސިންގަޕޫރާ ދެކޮޅަށެވެ. ސިންގަޕޫރު ފައިނަލުގެ ޖާގަ ކަށަވަރުކުރީ އިއްޔެ މެންދުރު ފަހު އަފްގާނިސްތާނާ ދެކޮޅަށް ކުޅޭ ކުޅުނު މެޗުންނެވެ.
ފޯ ނޭޝަންސް ކަޕްގެ ފިރިހެން ބައިގެ ފައިނަލްގެ އިތުރުން އަންހެން ބައިގެ ފައިނަލް ވެސް މިއަދު އޮންނާނެ އެވެ. އަންހެން ފައިނަލުގައި ވާދަކުރަނީ ރާއްޖެ އާއި ސިންގަޕޫރެވެ. ރާއްޖޭގެ އަންހެން ޓީމު ފައިނަލަށް އިއްޔެ ދިޔައީ ޕްލޭ-އޮފްގައި މެލޭޝިއާ 3-2 އިން ބަލިކޮށްގެންނެވެ.
ފޯ ނޭޝަންސް ކަޕްގައި ވާދަކުރާ ޓީމްތަކަކީ ރާއްޖެ އާއި މެލޭޝިއާ އާއި ސިންގަޕޫރްގެ އިތުރުން އަފްގާނިސްތާނެވެ. މި މުބާރާތް ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.