ހަތަރު ގައުމަކުން ރާއްޖޭގައި ރޭ ނިންމައިލި މި އަހަރުގެ ފޯ ނޭޝަންސް ކަޕްގެ ޗެމްޕިއަންކަން ސިންގަޕޫރާއި މެލޭޝިއާ އިން ހޯދައިފި އެވެ.
މުބާރާތުގެ އަންހެން ބައިން ސިންގަޕޫރް ޗެމްޕިއަންކަން ހޯދީ ރޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުޅުނު މެޗްގައި ރާއްޖޭގެ ޓީމާ ދެކޮޅަށް ކުޅެ 3-2 ސެޓުންނެވެ.
އެ މެޗް ބައްލަވާލައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމު ވެސް ވަޑައިގެންނެވި އެވެ.
މި މިބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މެލޭޝިއާ އިން ހޯދީ ސިންގަޕޫރް ބަލިކޮށެވެ. އެއީ 3-0 ސެޓުންނެވެ.
މި މަހުގެ 23-27 އަށް ބޭއްވި މުބާރާތުގައި ވާދަކުރީ ރާއްޖެ އާއި ސިންގަޕޫރާއި މެލޭޝިއާގެ އިތުރުން އަފްގާނިސްތާނެވެ.