އައްޑޫ ގަމުގައި މާދަމާ ސިފައިންގެ ތަމްރީނެއް ހަތިޔާރާ އެކީ ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ހެޑްކުއާޓަރު ވެސް ގާއިމުކޮށްފައިވާ ގަމުގައި އެ ތަމްރީނު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 6:00 އާ ހަމައަށެވެ.
މި ތަމްރީނުގައި ގަމުގެ ވައިގެ ސަރަހައްދު ވެސް ބޭނުން ކުރާނެ އެވެ. އެގޮތުން ވައިގެ ސަރަހައްދުގެ 4،600 މީޓަރު ދުރުމިން ބޭނުން ކުރަން ހަމަޖެހިފައިވާ އިރު، އެންމެ އުސްމިނަކަށް 200 މީޓަރު އަދި އެންމެ ތިރިމް ކަނޑުގެ ލޮނުގަނޑާ ހަމައަށް ބޭނުން ކުރާނެ އެވެ.
މި ތަމްރީނުގައި ހަތިޔާރުގެ ގޮތުގައި ބޭނުން ކުރަން ހަމަޖެހިފައި ވަނީ އޭކޭ.ސީރީޒް ރައިފަލެވެ.
އެހެންވެ މި ތަމްރީނު ކުރިއަށް ގެންދާ ވަގުތުގެ ތެރޭގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން ވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.