ސައުދި އަރަބިއްޔާ އިން ޔުކްރޭނަށް ދޭން ނިންމި 400 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދޭން ނިންމިކަން އިއުލާންކުރި އެހީގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއިކޮށްފައި ވަނީ ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން އިބްރާހީމް މިދިޔަ އާދިއްތަ ދުވަހު ޔުކްރޭނަށް ކުރެއްވި ދަތުރުގަ އެވެ. މިއީ ޔުކްރޭނަށް 1991 ގައި މިނިވަންކަން ލިބުނު ފަހުން ސައުދީގެ ފޮރިން މިނިސްޓަރަކު ފާއިތުވި 30 އަހަރުގެ ތެރޭގައި ޔުކްރޭނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
In the Presence of the Foreign Minister and Head of the Office of the President of Ukraine, the Kingdom of #Saudi Arabia and #Ukraine Sign an Agreement and MoU Worth $400 Million. 🇸🇦🇺🇦
📄: https://t.co/EsHnV7aYMc pic.twitter.com/747tX4SwYn— Foreign Ministry 🇸🇦 (@KSAmofaEN) February 26, 2023
ރަޝިއާ އިން ޔުކްރޭނަށް ދެކޮޅަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށި ހަނގުރާމަ އަށް މި މަހުގެ 24 އަށް އަހަރެއް ވެސް ވުމާ ދިމާކޮށް ސައުދީގެ ފޮރިން މިނިސްޓަރު ޔުކްރޭނަށް ކުރެއްވި ދަތުރުގައި ރައީސް ވޮލޮޑިމީރް ޒެލެންސްކީ އާއި ސަރުކާރުގެ އިސްވެރިންނާ އެކީ މަޝްވަރާތަކެއް ބޭއްވި އެވެ.
In the Presence of the Foreign Minister and Head of the Office of the President of Ukraine, the Kingdom of #Saudi Arabia and #Ukraine Sign an Agreement and MoU Worth $400 Million. 🇸🇦🇺🇦
📄: https://t.co/EsHnV7aYMc pic.twitter.com/747tX4SwYn— Foreign Ministry 🇸🇦 (@KSAmofaEN) February 26, 2023
ސައުދީން ދިން 400 މިލިއަން ޑޮލަރުގެ ތެރެއިން 300 މިލިއަން ހާއްސަކޮށްފައި ވަނީ ތެލުގެ އެހީއަށެވެ.
ޒެލެންސްކީ ވަނީ ސައުދީން ދިން އެހީ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައި އެ ގައުމާ އެކީ އަބަދު ވެސް ސައުދީ އޮންނާނެ ކަމަޑް ޔަގީން ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.