Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް ފްލެޓް ދީފި

އެމްޑަބްލިއު އެސްސީ މަލަރެސް ފްލްޓް ހުޅުވުމުގެ ރަސްމީއްޔާތުގެ ތެރެއިން / ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ 'މަލަސް' ފްލެޓްގެ 192 އެޕާޓްމެންޓުގެ ތަޅުދަނޑި ފްލެޓް ލިބޭ އެކުންފުނީގެ މުވައްޒަފުންނާއި ހަވާލުކޮށްފިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ ބޯހިޔާވަހިކަމަށް، ބިނާކުރާ ފްލެޓްތަކުގެ ތެރެއިން އެމްޑަބްލިއުއެސީގެ މަލަރެސް ފްލެޓް މިއަދު ވަނީ ރަސްމީކޮށް ބޭނުން ކުރަން ފަށާފައެވެ. މި ފްލެޓް ހުޅުއްވައި ދެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހް އަދި ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރުއެވެ.

މި ފްލެޓް ބޭނުން ކުރަން ފެށުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހް ވަނީ އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން ބޯހިޔަވާހިކަމަށް އެދި އެދި ތިބި ފަރާތްތަކަށް ހެޔޮއަގެއްގައި ބޯހިޔަވާހިކަން ލިބުމަށް މަގުފަހިވެގެން ދިޔަ މަޝްރޫއެއް ކަމަށެވެ.

މިއަދު ހުޅުވިގެންދިޔަ 15 ފަންގިފިލާގެ އެ އިމާރާތުގައި ޖުމްލަ 192 އެޕާޓުމެންޓު ހިމެނޭއިރު، އެއީ ތިން ކޮޓަރީގެ 60 އެޕާޓުމެންޓާއި ދެ ކޮޓަރިއާއި މެއިޑް ރޫމެއް ހިމެނޭ 40 އެޕާޓުމެންޓު ހިމެނޭ އިމާރާތެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އަދި މި އިމާރާތުގައި އެއް ކޮޓަރީގެ 40 އެޕާޓްމެންޓް ވަނީ ޤާއިމްކޮށްފައެވެ.

އިމާރާތުގެ އެންމެ ތިރީގައި އެތެރެއިން ވަދެވޭގޮތަށް ދެފަރާތުގައި ވެހިކަލް ޕާކު ކުރުމަށް ހާއްސަ ދެ ޒޯނެއް ތަރައްޤީކުރެވިފައިވާއިރު އިމާރާތުގެ މެދަށް އޮންނަ ހުސްޖާގައިގައި ކުޑަކުދިން ކުޅޭނެ ސަރަހައްދެއް ވަނީ ހަދާފައެވެ. އަދި އިމާރާތުގެ އެތެރޭގައި ކޮމާޝަލް ޖާގައެއް ތަރައްޤީކޮށްފައިވެއެވެ.

އެކުންފުނީގެ މުވައްޒަފުންނާއި ތަޅުދަނޑި ހަވާލުކޮށްފައިވާއިރު އިސްލާމިކް ބޭންކް މެދުވެރިކޮށް އިންސްޓޯލްމެންޓަށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މިއީ އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް ޙައްސާކޮށްގެން ތަރައްޤީ ކުރި ފްލެޓް މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ، ދި ޓުވެންޓީ ތާޑް މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލިމިޓެޑް އޮފް މިނެމެޓަލްސް އާއިއެވެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކުރީ 2018 ވަނަ އަހަރުއެވެ.