Last Updated: March 29, 14:00
Friday, March 29, 2024
މުނިފޫހިފިލުވުން

ކާމިޔާބް އަންހެނާ

(24 ޖޫން ދުވަހުގެ ބަޔާއި ގުޅޭ)

"ހީނާ އެއުޅުންވަނީ އަމިއްލަ ދަތުރުފުޅެއްގަ" އުލްފަތު ޔާސިރު ކާރީ ބުނެލިއެވެ. އުލްފަތުއަށް ވަރަށް ގިނަފަހަރު ހީނާއާއި އެކު ޔާސިރު ފެނިފައިވެއެވެ. ހީނާއާއި ޔާސިރު ގެ ގުޅުން ރަނގަޅު ކަމުގައި ކުރިންވެސް ހީނާއޮތީ އުލްފަތު ކާރީ ބުނެފައެވެ. އެހެންވެ އުލްފަތު ޔާސިރުއަށް ވަރަށް އިހްތިރާމު ކުރެއެވެ.

އެމީހުން ވަރިވެފަ ތިބޭތާ މިވީ އަށާރަ އަހަރެވެ. އެމީހުން ވަކިވީ ލަންކާގެ ކެންޑީގައި ހީނާ ފިލްމު ޝޫޓިން ކުރި ދުވަސްވަރު ދިމާވި މައްސަލައެއްގައެވެ. އެއިރު ކުދިންވެސް ވަރަށް ކުޑައެވެ.
"ހީނާއެދުރުވީ ދެހަފްތާއަށް…" އުލްފަތު އަނެއްކާވެސް ބުނެލިއެވެ. ހީނާ ލަންކާއަށް ދިޔަދުވަހު އުލްފަތުއަށް ގުޅިއެވެ. ދެންފަހަރެއްގަ ނުގުޅޭނެ ވާހަކަވެސް ބުންޏެވެ. އުލްފަތު ޤަބޫލް ކުރާގޮތުގައި ހީނާ ފޮތުގައި ލިޔުމަށްޓަކައި ހިމޭން ވަގުތު ބޭނުން ވަނީއެވެ. އަދި މިވަގުތު ހީނާއަށް ގުޅުމަކީ އެންމެ މުނާސަބު ކަމެއް ކަމަށް އުލްފަތު ނުދުއްޓެވެ. އުލްފަތު ބޭނުންވަނީ ހީނާވަގުތު ކޮޅެއް ހޯދައިގެން އުލްފަތު އަށް ގުޅާފަ ކަންތައްތައް ކިޔާދިނުމެވެ.

"އޭނާ ހުރީ ކޮންގެސްޓު ހައުސް އެއްގަ ކަން އެނގިފަވޭތަ؟" ޔާސިރު ހާސްކަންް އެކުލެވިފައިވާ އަޑަކުން ބުނެލިއެވެ.
"ޔަޤީީނެއް ނޫން ދަންނަވާކަށް، ހިލްޓަންގަ އެއްދުވަހު މަޑުކޮށްފަ ދަތުރު ކުރައްވާނެ ވާހަކަ ވިދާޅުވީ. އެއްވެސް ކަމެއް ގޯސްވީތޯ؟" އުލްފަތު ވަރަށް ހިމޭން ކަމާއެކު އަހާލިއެވެ.

އަނެއްކާ ކުދިންނަށް ކަމެއްވީބާ؟ ގައިމުވެސް ކުދިންނާ ބެހޭއެއްވެސް ކަމެއްއޮތިއްޔާ އެނގެން ހީނާ ބޭނުންވާނެއެވެ. ކުއްލިއަކަށް އުލްފަތު ހިތައް އެރިއެެވެ.

"ނޫނޭ އެއްވެސް ޙާއްސަ ކަމެއްއޮތީއެއްނޫން އަހަރެން ބޭނުންވީ ހީނާގެ އުފަންދުވަހަށް އެެއްވެސް ކަމެއް ރާވާފަ އޮޮތްތޯ ބަލާލަންވެގެން. އަހަރެން ޒުންނޫން އާއި ތާނިޔާ ކުރެންވެސް އަހާލިން އެއްވެސް ޙާއްސަ ކަމެއް އޮތްވާހަކަ ނުބުނާތީ އަދި ކުރިޔަށް އޮތީވެސް އާއަހަރު ވީއިރު ހީނާ ކޮންމެވެސް ކަމެއް ޕުލޭންވެސް ކޮށްފަ އޮވެދާނެނު. ރާމިޒް ނިޔާވި ފަހުންވެސް ހީނާއެއްވެސް ކަހަލަ ޕާޓީއެއް ބޭއްވިކަމެއް އެނގިފައެއްނެތް"

އުލްފަތުއަށް ޔާސިރު ހީނާދެކެ ވާލޯބި އިހްސާސްވިއެވެ. އެކަމަކު މިހާރު ޔާސިރުވެސް ވަނީ އެހެންކައިވެންޏެއް ކޮށް އެކައިވެނިން ވަނީ ދެކުދިންވެސް ލިބިފައެވެ. އެކުދިން ދިރިއުޅެނީ ހޮންގްކޮންގް ގަ އެމީހުންގެ މަންމަޔާ އެކުގައެވެ. އަދި އެކުދިންނަކީވެސް މިހާރު ފުރާވަރަށް އަރާފަ ތިބި ބޮޑެތިވަމުން އަންނަ ކުދިންނެވެ. ހީނާއަށް ވަނީ މިކުދިންނާވެސް ދެފަހަރެއްގެ މަތިން ބައްދަލު ވެފައިވެއެވެ.

"ހީނާ ގުޅާފީޔާ އަޅުގަޑު ދަންނަވާނަން ޔާސިރު އަށް ގުޅުއްވާށޭ. ޔަޤީނުންވެސް މާގިނަދުވަހެއް ނުވެ ގުޅާލައްވާނެ ކަންނޭގެ"
"މިދިޔަ ހަފްތާގަ ލަންކާގަ ހިލްޓަން ކާރީ ހިސާބެއްގަ ބޮމުގެ ވަރުގަދަ ހާދިސާ އެއްހިނގައިފި. އަހަރެން އުންމީދު ކުރަން މިކަމާ ހީނާޔާ އެއްވެސް ކަހަލަ ގުޅުމެއް ނޯންނާނެޔޭ. މިވާހަކަ ދިވެހި ނޫސްތަކުންނާ ބޭރުގެ މީޑީޔާއިން ވަރަށް ގަދަޔަށް ދެއްކި. މިއީ ކަނޑައެޅިގެން ޓެރަރިސްޓު ޢަމަލެއް ކަމަށްވަނީ."

"އަޅުގަނޑުވެސް ތިވާހަކަ ޓީވީއިން ދެއްކިއިރު އެރޭ ޙަބަރުން އަޑުއެހިން. ފުރަތަމަ އަޅުގަނޑުވެސް ކަންބޮޑުވި. އެކަމަކު އެޙާދިސާގެ ގަޑިއިރުކޮޅެއް ކުރިން ހީނާއަޅުގަނޑަށް ގުޅުއްވި އެދުވަހަކީ ހީނާ ލަންކާއަށް ދިޔަ ދުވަސް. ހަމަޔަގީނުންވެސް ދަތުރުގެ ވަރުބަލި ކަމާއެކު ހީނާ އެދުވަހު ހޮޓަލުން ބޭރަށް ނިކުމެ ވަޑައެއް ނުގަންނަވާނެކަން ގައިމު. ހީނާގެ އާދަޔަކީ ވެސް އެއީ ދަތުރު ކުރައްވާ ދުވަހު ވަރަށް ނިދިކުރައްވާނެ ޖެހިގެން އަންނަ ދުވަހު ބޭރަށްވެސް ނިކުންނާނީ. " އުލްފަތު ތަފްސީލް ކޮށް ދެވޭތޯ އުޅުނެވެ.

"ހީނާއަށް މެއިލް ކޮށް ޖަވާބު ލިބުނުތަ؟" އަނެއްކާވެސް ޔާސިރު އަހާލިއެވެ.
"ނޫނޭ އަޅުގަނޑަށް އެނގޭ ހީނާގެ ލެޕްޓޮޕް ވަނީ ނިވިފަ އަދި ހީނާ ބޭނުންވަނީ ހަމަ އެކަނިވެރި ވަގުތު ކޮޅެއް އެހެންވެ އަޅުގަނޑުވެސް ފަހުން މެއިލް ނުކުރަން"

"އަހަރެން ހީނާއަށް ހިލްޓަން އަށްގުޅާލާނަން ދިމާނުވެއްޖެއްޔާ މެސެޖް ކޮށްލާނީ"

"ހީއެއްނުވޭ ދިމާވާނެހެން އަޅުގަޑަށް ހީވަނީ ހީނާ ޓުރެވެލް ކުރައްވަނީހެން ދެދުވަހެއްވަރު ބަލާލާފަ އަޅުގަނޑުވެސް ގުޅަން މަސައްކަތް ކުރާނަން"

"ކުދިން ކޮޅު ބޭނުންވެދާނެ ހީނާކާރިޔަށް އަންނަން އަދި ލަންކާގަ އަހަރެމެން ދޫކުރި ގެޔާބޭހޭގޮތުންވެސް އެބަޖެހޭ ހީނާއާއި ވާހަކަ ދައްކާލާން އެހެންވެ ދެންްެހާވަރުން މިގުޅަނީ"

ފޯނު ބޭއްވުމަށްފަހު އުލްފަތު އޭނާގެ އޮފީސް މޭޒްކާރީ އިށީނެވެ. ފުންވިސްނުމެއްގަ އޭނާ އިނެވެ. ހީނާގެ ހުރިހާ ކަމަކާވެސް އުލްފަތު ހަމަ މިވަރަށް ވިސްނައެވެ. ލަންކާގައި ހިނގި ބޮމުގެ ހާދިސާގައި ހިނާއަށް އެއްވެސް އެނގުމެއް ނުވާނެކަން އުލްފަތު ގަބޫލް ކުރެއެވެ. މިހާރު ހީނާ ނެތީސް ނުނިމި ހުރި ބައެއް މަސައްކަތް ހީނާއައުމުގެ ކުރިން ނިންމާލަން އުލްފަތު ބޭނުންވިއެވެ.

ފޯނު ބޭއްވުމަށްފަހު ޔާސިރު ހިލްޓަން އަށްގުޅާލިއެވެ. އަދި ހީނާގެ ރޫމަށް ގުޅާދޭށޭ ބުންޏެވެ. އެމީހުން ފޯނު ހޯލްޑަށް ލުމަށް ކުޑައިރުކޮޅަކުން އެމީހުން ހީނާކޮޓަރީގަ ނޫޅޭވާހަކަ ބުންޏެވެ. އަދި އެކޯލް ފުރަންޓް އޮފީހަށް އެމީހުން ޕާސް ކުރިއެވެ. އެއީ އެމީހުންގެ އާދައެވެ. އޮޕަރޭޓަރަށް އަންނަ ކޯލްއަކުން ޖަވާބު ނުދެވިއްޖެއްޔާ އެމީހުން ގުޅާދޭނީ ފުރަންޓްއޮފީހަށެވެ. އެއީ ގެސްޓުންގެ ގިނަ މައުލޫމާތު އެތަނުން ލިބޭނެ ކަމަށްވާތީއެވެ. އެހުރިހާ އިރު ޔާސިރު ފޯނު ހޯލްޑު ކޮށްގެން އިނެވެ. އެވަގުތު ފުރަންޓު އޮފީހުން މިހަކު ވަހަކަ ދައްކަންފެށިއެވެ. އަދި ފޯނުގަ ހުރީ ކާކުތޯ އަހާލިއެވެ.

"އަހަރެންގެ ނަމަކީ ޔާސިރު އަހަރެންނަކީ ހީނާގެ ކުރީގެ ފިރިމީހާ އަހަރެންނަކީ ހިލްޓަންގެ ދުވަސްވީ ކަސްޓަމަރެއް. އަނެއްކާ ހީނާ ރަނގަޅުތޯ؟" ތުރުތުރު އަޅާ އަޑަކުން ޔާސިރު އަހާލިއެވެ. އަނެއްކާ ހީނާއަށް ކަމެއްވީބާ؟ ޔާސިރު އޭނާގެ އަމިއްލަ ހިތާވެސް މިސުވާލު ކުރިއެވެ.

"އަޅުގަނޑަކީ ފުރަންޓް އޮފީސް މެނޭޖަރ. މިދެން ވަރަށް އާދައިގެ ކަމެއް. ހީނާ މިތަނަށް އައިދުވަހު ޗެކިން ވުމަށްފަހު ބޭރަށް ދިޔަގޮތަށް ކޮޓަރިއަށް ނުމެއާދޭ. ވެދާނެ ކޮންމެވެސް އެހެން ހޮޓަލަކަށް ދިޔައީ ކަމަށްވެސް ނޫނީ ދަތުރު ކުރައްވަނީކަމަށްވެސް އެކަމަކު އެކުން އަޅުގަނޑު މިވާހަކަ ބުނަން މިޖެހުނީ އޭނާގެ ޕާސްޕޯޓާއި އަތްދަބަސް ވެސް ކޮޓަރީގަ ހުރުމާއެކު ދަތުރު ކުރަންޏާ ޕާސްޕޯޓުވެސް ބޭނުންވާނެނޫންތޯ ގާތްގަޑަކަށް މިހާރު އެއިންއެއްޗެއްގަ އަތްވެސް ނުލާތާ ދެހަފްތާވަނީ"

"ހަމަރަނގަޅަށްތަ؟ ތިތަނުން އެއްވެސް މީހަކު އޭނާ ދެކެފަވާނެތަ؟"

"ޔަޤީންކޮށް ދަންނަވާކަށް ނޭނގޭ މިކޮންމެވެސް ވަރަކަށް އާދަޔާ ޙިލާފުކަމެއް ހެން އަޅުގަނޑަށްވެސް ހީވަނީ އެއީ ދަބަހާ ޕާސްޕޯޓު އެގޮތަށް އޮތީމާ."

"އާނ ޔަޤީނުންވެސް ތިޔައީ އާދަޔާ ޙިލާފު ކަމެއް. ހީނާ ޕާސްޕޯޓް ބާއްވާފަ އެއްވެސް ތަނަކަށް ނުދާނެ. ތިޔަބޭފުޅުން ޕޮލިހަށާއި ހޮސްޕިޓަލަށްގުޅަންވީ ނޫންތޯ. ފަހަރުގަ ބޮމުގެ ހާދިސާގަ ގެންދިޔަ މީހުންގެ ތެރޭގަވެސް ވެދާނެ ނޫންތޯ؟ ފަހަރެއްގަ އެބޭފުޅުންނަށްވެސް އައިޑެންޓިފައި ނުކުރެވިއޮވެދާނެނޫންތޯ؟"

ޔާސިރު ކަރުނަވީއަޑަކުން ވާހަކަ ދެއްކިއެވެ. ހީނާއަށް އެއްވެސް ގެއްލުމެއްވާކަށް ޔާސިރު ބޭނުމެއް ނޫނެވެ.އޭނާ އަދިވެސް ހީނާދެކެ އިންތިހާއަށްލޯބިވެއެވެ.ހީނާއަކީ އޭނާގެ ދެކުދިންގެ މަންމައެވެ. އަދި ހީނާއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާވެސް މެއެވެ. އެހެނަސް ހީނާވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.