Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ކެފޭ އަށް ގެއްލުން ދިނުމުން 7 މީހަކު ހައްޔަރު

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގެ "ޖޫސް ޓައިމް" އަށް ގެއްލުން ދިން މައްސަލައާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި އެވެ.

ހެލްމެޓުން މޫނު ނިވާކޮށްގެން އެތަނަށް ވަދެ ބޮޑެތި ގެއްލުންތަކެއް ދިނުމަށް ފަހު އެ މީހުން ވަނީ ފިލައިފަ އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކުރީ އިއްޔެ ކަމަށާއި އެ މީހުން ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. އަދި އެ މީހުން އުޅުނު އެޕާޓްމަންޓް ބަލައި ފާސްކުރި އިރު، މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި މަސްތުވާތަކެތި ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނެ އެވެ. އަދި ހައްޔަރުކުރި އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.