Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ރޯދަ އަށް ފިޔާ ކިލޯއެއް 9ރ. އަށް

މި މަހު ފަހުކޮޅު މި އަހަރުގެ ރޯދަ މަހާ ބައްދަލުކުރާ އިރު، އެސްޓީއޯ އިން ފިޔާ ކިލޯއެއް 9ރ. އަށް ވިއްކަން ނިންމައިފި އެވެ.

އެ ކުންފުންޏަކީ އަބަދު ވެސް ރޯދައާ ދިމާކޮށް ފިޔަ އާއި އަލުއްވާއި ބިސް ފަދަ ތަކެތި ދައްޗެއް ނެތި އާންމުންނަށް ފޯރުކޮށް ދޭން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެވެ. އެގޮތުން ރޯދަ މަހާ ދިމާކޮށް އެސްޓީއޯ އިން އެންމެ އަގުހެޔޮކޮށް ވިއްކާނެ އެއް ބާވަތަކީ ފިޔާ ކަމަށް ބުންޏެވެ.

އެގޮތުން ރޯދަ މަހުގެ ތެރޭގައި ފިޔާގެ އަގަށް ބަދަލެއް ނައިސް 9ރ. އަށް ކިލޯއެއް ވިއްކޭނެކަމުގެ ޔަގީންކަން ބޮޑު ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި އަލުވި ކިލޯއެއް 11ރ. އަށް ވިއްކަން ހަމަޖެހިފައިވާ އިރު، ބިހެއް 1.75ރ. އަށް ލިބޭނެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ފިޔަ އާއި އަލުއްވާއި ބިސް ވެސް ހުސްނުވެ، ފަސޭހަކަމާ އެކީ ރޯދަ މަހު އާންމުންނަށް ލިބޭނެ އެވެ. އެގޮތުން އެސްޓީއޯގެ ފިހާރަތައް ހުންނަ ހުރިހާ ސަރަހައްދުތަކުން އެ ބާވަތްތައް ދައްޗެއް ނެތި ލިބޭނެ ކަަމަށް އެސްޓީއޯ އިން ބުނެ އެވެ.

މި އަހަރުގެ ރޯދަ މަސް ފެށޭނީ މި މަހުގެ 23 ގަ އެވެ.