ގްރެމީ އެވޯޑް ވެސް ހާސިލުކޮށްފައިވާ ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދަ ވީކެންޑް ފީޗާ ފިލްމެއް ކުޅެން ފަށައިފި އެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މަގުބޫލު އެތައް ލަވައެއް ގެނެސްދީފައިވާ 33 އަހަރުގެ ލަވަކިޔުންތެރިޔާގެ ގެ ފިލްމުގެ ޝޫޓިން ފެށީ މިދިޔަ މަހު ކަމަށެވެ. ނަން އަދި ރަސްމީކޮށް އިއުލާން ނުކުރާ މި ފިލްމުގައި ލީޑް އެކްޓަރެއްގެ ރޯލު ދަ ވީކެންޑް ކުޅޭ އިރު، ފާހަގަކޮށްލެވޭ ކަމަކީ ޓްރޭ އެޑްވަޑްސް ޝަލްޓްސް ޑައިރެކްޓްކުރާ ފިލްމުގެ ސްކްރީންޕްލޭގައި ހިއްސާވުމުގެ އިތުރަށް، ފިލްމުގެ އެއް ޕްރޮޑިއުސަރަކީ ވެސް ދަވީކެންޑެވެ.
އެކަމަކު އަދި މި ފިލްމުގެ ޕްލޮޓާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް ނުލިބެ އެވެ.
މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި "ޔެސް ޑޭ" އާއި "ދަ ފޯލްއައުޓް" ފަދަ ފިލްމުތަކުން ފެނިފައިވާ ޖެނާ އޯޓެގާ އާއި "އެޓާނަލްސް" އާއި "ދަ ބެޓްމޭން" އިން ފެނިފައިވާ ބެރީ ކިއޯގަން ހިމެނެ އެވެ.
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒްއާ ކުރިން ލޯބީގެ ގުޅުމެއް ބޭއްވި، ދަ ވީކެންޑްގެ އަލަތު ފީޗާ ފިލްމުގެ ޑައިރެކްޓަރު އެޑްވަޑްސް ކުރިން ހަދާފައިވާ ފިލްމުތަކުގެ ތެރޭގައި 2019 ގެ "ވޭވްސް" އާއި 2017 ގެ "އިޓް ކަމްސް އެޓް ނައިޓް" ހިމެނެ އެވެ.
މިހާތަނަށް ފަސް މިއުޒިކް އަލްބަމް ނެރެފައިވާ ދަ ވީކެންޑަކީ މި މަހުގެ 25 ގައި އެޗްބީއޯ މެކްސް އިން ޕްރީމިއާކުރަން ތައްޔާރުވަމުން އަންނަ ސީރީޒް "ދި އައިޑޮލް" ގެ ޕްރޮޑިއުސަރެއްގެ އިތުރުން އޭގެ ކާސްޓްގައި ވެސް ހިމެނޭ ފަންނާނެކެވެ.