Last Updated: July 22, 11:21
Wednesday, July 22, 2026
ދުނިޔެ

އީލޮން އަލުން އެންމެ މުއްސަނދި މީހާ އަށް

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު އީލޮން މަސްކަށް ގެއްލިފައި ވަނިކޮށް، އެ މަގާމު އަލުން އޭނަ އަށް ލިބިއްޖެ އެވެ.

ޓްވިޓާ އާއި ޓެސްލާގެ އިތުރުން ސްޕޭސް އެކްސް ފަދަ މަޝްހޫރު ކުންފުނިތަކުގެ ވެރިޔާ އަލުން އެންމެ މުއްސަނދި މީހާގެ މަގާމަށް ރުޖޫއަވީ މިލްކިއްޔާތު މިހާރު 187.1 ބިލިއަން ޑޮލަރަށް އެރުމާ ގުޅިގެންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ މެދު ތެރޭގައި ދެވަނަ އަށް އެންމެ މުއްސަނދު މީހާގެ މަގާމަށް އީލޮން ވެއްޓުނީ އޭރުގެ މިލްކިއްޔާތު 137 ބިލިއަނަށް ދަށްވުމާ ގުޅިގެންނެވެ.

އެއާ އެކީ އޭރު އެންމެ މުއްސަނދި މީހާގެ މަގާމު ލިބުނީ ފްރާންސްގެ ލަގްޒަރީ ކުންފުނި އެލްއެމްއެޗްގެ ވެރިޔާ ބާނާޑް އާނޯލްޓެވެ. ބްލޫމްބާގް ބިލިއަނާސް އިންޑެކްސް އިން މިހާރު ދައްކާ ގޮތުގައި އޭނަގެ މިލްކިއްޔާތަކީ މިހާރު 185.3 ބިލިއަން ޑޮލަރެވެ.

ބްލޫމްބާގުން ބުނި ގޮތުގައި އީލޮން އަށް އަލުން އެންމެ މުއްސަނދި މީހާގެ މަގާމު ލިބުނީ މި އަހަރު ފެށުނު ފަހުން ޓެސްލާގެ ހިއްސާގެ އަގު ވެސް އުފުލަން ފެށުމާ ގުޅިގެންނެވެ. އެގޮތުން އަހަރު ފެށުނުން ހިއްސާގެ އަގަށް 70 ޕަސެންޓްގެ ކުރިއެރުމެއް އައިސްފަ އެވެ.

މިހާރު ތިން ވަނަ އެންމެ މުއްސަނދި މިދިޔަ އަހަރު ވެސް އެ މަގާމުގައި އޮތް އެމެޒޯން ކުންފުނީގެ ކުރީގެ ސީއީއޯ ޖެގް ބެޒޯސް އެވެ. އޭނަގެ މިލްކިއްޔާތަކީ މިހާރު 120 ބިލިއަން ޑޮލަރެވެ.