Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އެސްއެސްނެޓުން ތިން ޕެކޭޖެއް

އަލަށް ކޭބަލް ޓީވީގެ ހިދުމަތް މިދިޔަ މަހު ދޭބް ފެށި އެސްއެސްނެޓުން ކަސްޓަމަރުންނަށް ޕެކޭޖްތައް އިހުތިޔާރުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކުންފުނީގެ ބުނީ ކަސްޓަމަރުންގެ ފޯނަށް އެސްއެމްއެސް މެދުވެރިކޮށް ލިންކެއް ދާނެ ކަމަށާއި އެ ލިންކު މެދުވެރިކޮށް ޕެކޭޖްތައް އިޚްތިޔާރު ކުރެވޭނެ ކަމަށެވެ. އެސްއެސްނެޓުން ތައާރަފުކުރީ ތިން ޕެކޭޖެކެވެ.

* ލުއިވި: 39 ޗެނަލާ އެކީ މަހަކު 150ރ.
* ނަލަވި: 108 ޗެނަލާ އެކީ މަހަކު 350ރ.
* އެކުވި: 120 ޗެނަލާ އެކީ މަހަކު 450ރ.

އެސްއެސްނެޓްގައި 100 އަށް ވުރެ ގިނަ ޗެނަލްތައް ހިމެނެ އެވެ. އޭގެ ތެރޭގައި އެސްއެސް ޓީވީގެ ނަމުގައި އުފެއްދި އާ ދިވެހި ޗެނަލެއް ވެސް ހިމެނެ އެވެ.

އެސްއެސްނެޓުން ބުނީ ކުރިއަށް އޮތް ތަނުގައި މިހާރު ތިން ޕެކޭޖެއް ތައާރަފުކުރި ނަމަވެސް އިތުރު ޕެކޭޖްތަކެއް ވެސް އަދި ތައާރަފުކުރާނެ ކަމަށެވެ. ޕެކޭޖެއް ނެގޭނެ އެންމެ ކުރު މުއްދަތަކީ މަސް ދުވަހެވެ. ކުރިއަށް ފައިސާ ދައްކަން ބޭނުންވާ ކަސްޓަމަރުންނަށް އެއް އަހަރުގެ މުއްދަތަށް ވެސް ފައިސާ ދެއްކޭނެ އެވެ.