މަސައްކަތުގެ ދާއިރާތަކަށް މީހުން ބިނާކުރުމަށް ސްޓެލްކޯއާއި މޯލްޑިވްސް ޕޮލިޓެކްނިކާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ސްޓެލްކޯގައި ކުރިއަށްގެންދިޔަ ހަފްލާގައި ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ސީއީއޯ މުހައްމަދު ހާޝިމްއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ސީއީއޯ ހާޝިމް ވިދާޅުވީ ސްޓެލްކޯގައި މި ވަގުތު ކޮލިފިކޭޝަނެއް ނެތި ފަންނީ ވަޒީފާތަކުގައި ތިބ ފަރާތްތަކަށް ބޭނުންވާ ކޮންމެ ދާއިރާއަކުން ތަމްރީނުވުމުގެ ފުރުސަތު ދޭނެކަމަށެވެ. ވަޒީފާގައި ކުރިއަށްދެވޭނީ އެދާއިރާއަކުން ހާއްސަ ކޮލިފިކޭޝަނެއް އޮވެގެންކަމަށާއި މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯގެ މުވައްޒަފުންނަށް ބޭނުންވާ އެ ކޮލިފިކޭޝަން ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުން އެންމެ ގިނައިން ރިކުއެސްޓްތައް ލިބެނީ އިލެކްޓްރިކަލް އިންސްޓޮލޭޝަންގެ ދާއިރާއިންކަން ފާހަގަކޮށް ހާޝިމް ވިދާޅުވީ ވަސީލަތްތައް ހުރި މިންވަރުން އެފަދަ ރިކުއެސްޓްތަކަށް އިސްކަންދެމުންދާ ކަމަށެވެ.