އެސްޓީއޯގެ އެހީ އާއިއެކު، އެޑްވާންސް ލައިފް ސަޕޯޓް ތަމްރީން ޕްރޮގްރާމެއް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ މުވައްޒަފުން ފުރިހަމަ ކޮށްފިއެވެ.
މިތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން 5 ދުވަހުގެ މުއްދަތަށެވެ. މި ތަމްރީން ޕްރޮގްރާމުގައި ސެޝަންތައް ނަންގަވައި ދެއްވާފައިވަނީ ކޯޑްބްލޫގެ ފަންނީ ތަޖުރިބާކާރުންނެވެ. މި ޕްރޮގްރާމުގައި މައިގަނޑު 4 ކަމަކަށް ބަހާލައިގެން ތަމްރީން ސެޝަންތަކާއި ޕްރެކްޓިކަލް ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
Congratulations to the team @aeh_mv on successfully completing the Advance Life Support and Critical Care Training. It has been an absolute pleasure to have facilitated this training full of engaging conversations & productive activities! 😊 pic.twitter.com/yZialchPMa
— STO Medical Services (@StoMedical) February 23, 2023
މިގޮތުން ފުރަތަމަ ދެދުވަހު ކުރިއަށް ގެންގޮސްފައިވަނީ އެޑްވާންސް ލައިފްސަޕޯޓް އެންޑް ކްރިޓިކަލް ކެއަރ ޓްރެއިނިންގްއެކެވެ. މި ތަމްރީނުގެ ދަށުން އެޑްވާންސް ކާޑިއެކް ލައިފް ސަޕޯޓަށް މުވައްޒަފުން ވަނީ ސާޓިފައި ކޮށްފައެވެ. މީގެ އިތުރުން އައްޑޫއަކީ އެކްސިޑެންޓްތައް ގިނަ ސިޓީއަކަށް ވުމާއެކު އޭއީއެޗްގެ މުވައްޒަފުން އެމެންޖެންސީ ޓްރޯމާ އެންޑް ލައިފް ސަޕޯޓް ދިނުމަށް މި ޕްރޮގްރާމުގެ ތެރެއިން ތަމްރީން ދެވިގެން ގޮސްފައިވެއެވެ. މީގެ އިތުރުން ޕީޑިއެޓްރިކް ލައިފް ސަޕޯޓްވެސް ޕްރޮގްރާމުގެ އެއް މޮޑިއުލްގެ ގޮތުގައިވަނީ ނަގައި ދީފައެވެ. މިއީ ކުޑަކުދިން ބަލި ހާލަތު އިތުރަށް ގޯސްވެޔަ ނުދީ މެނޭޖް ކުރުމަށް ހޮސްޕިޓަލުގެ މުވައްޒަފުން އަހުލުވެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.
Thank you Codeblue and STO Medical Services for facilitating this session for our team.
— Addu Equatorial Hospital (@aeh_mv) February 25, 2023
މިއާއެކު މި ޕްރޮގްރާމުގެ ތެރެއިން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އެސިސްޓެންޓުނާއި ޑްރައިވަރުންނަށް ފަސްޓް ރިސްޕޮންޑާސް ސެޝަންތަކެއް ވަނީ 5 ދުވަހުގެ ތެރޭ ވަނީ ނަގައި ދީފައެވެ. މިއީ އެމެޖެންސީ ހާލަތުގައި އެތަނަށް އެންމެ ފުރަތަމަ ދަނީ އެފަރާތްތަކުން ކަމަށްވުމުން، އެ ހާލަތުގައި ކަންކުރަންވީ ރަނގަޅު ގޮތް ދަސްކޮށްދިނުމުގެ މަޤްސަދުގައި ނަގައި ދީފައިވާ ސެޝަންތަކެކެވެ.
Through the week trainings we have conducted a focused First Responder Session for our drivers and assistants in collaboration with Codeblue and STO medical services.
Follow Our Journey!@presidencymv @MoHmv @StoMedical pic.twitter.com/eLwCrZbLaZ— Addu Equatorial Hospital (@aeh_mv) February 25, 2023
އެސްޓީއޯގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދިޔަ މި ސެޝަންތަކުގެ އެންމެ މުހިންމު މަޤްސަދަކީ މުވައްޒަފުންގެ ފަންނީ ޤާބިލީއްޔަތުކަން އިތުރުކުރުން ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. މީގެ ޕްރޮގްރާމުގެ އިތުރުންވެސް އެސްޓީއޯ މެޑިކަލްސް އެހީތެރިކަމާއިއެކު އިތުރު މުވައްޒަފުންނަށް އިތުރު ތަމްރީންތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.