ހަމުގެ ބައެއް ބަލިތަކަށް ދޭ ފަރުވާއެއް ކަމަށްވާ ޔޫވީ ލައިޓް ފޮޓޯ ތެރަޕީގެ ޙިދުމަތް މިއަދުން ފެށިގެން ލިބިގެން ދާނެ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ޔޫވީ ލައިޓް ފޮޓޯ ތެރަޕީގެ ޚިދުމަތް އޭއީއެޗްއިން ފަށާފައިވާއިރު މިއީ އާންމުކޮށް ފެންނަ ހަމުގެ ބައެއް ބަލިތަކަށް ކުރާ މުހިންމު ފަރުވާއެކެވެ. މި ފަރުވާގެ ޚިދުމަތް ފަށާފައިވަނީ މި މާރިޗު މަހުގެ 1 އިން ފެށިގެންނެވެ. އަދި މި ފަރުވާ ދޭނީ ހަމުގެ ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މި ފަރުވާއާއި ގުޅޭގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ ޔޫވީ ލައިޓް ފޮޓޯ ތެރަޕީއަކީ ހަމުގެ އެކި ބަލިތަކަށް ދެވޭ ފަރުވާއެއް ކަމަށެވެ. މިގޮތުން ޕްސޯރިއޭސިސް، އެކްޒީމާ، ހަންގަނޑު ހިރުވުން އަދި ވިޓިލިގޯ ފަދަ ބަލިތަކަށް މި ފަރުވާ ދެވެއެވެ.
This treatment will be offered to patients with the recommendations from a Dermatologist of AEH.
— Addu Equatorial Hospital (@aeh_mv) March 1, 2023
މީގެ ބައެއް ފައިދާ ތަކުގެ ތެރޭގައި ހަށިގަނޑުން ބަލި ފެންނަން ހުންނަ ތަންތަން ރަނގަޅުވުން، ބަލި ފެތުރުމުގެ މިންވަރު ދަށްވުން، އަދި ބަލި މަތަވުން ހިމެނެއެވެ. މިމުއްދަތު އެކި މީހުންނަށް ތަފާތު ވުމުން އެގޮތަށް ދެމެހެއްޓުމަށް ތެރަޕީ ނަގަން ޖެހިދާނެ ކަމަށް އެއީއެޗްއިން ބުނެއެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ ރާއްޖޭގައި މާލޭ ސަރަހައްދުން ބޭރުގައި ހިންގާ ފުރަތަމ ތާޝަރީ ހޮސްޕިޓަލެވެ. ހޮސްޕިޓަލަކީ ފެންވަރު ރަނގަޅު ވަސީލަތް ޤާއިމް ވެފައިވާ ހޮސްޕިޓަލެއް ނަމަވެސް އިންސާނީ ވަސީލަތް މަދުވުމުގެ ދަތިކަން ހޮސްޕިޓަލަށް ވަނީ ކުރިމަތިވެފައެވެ. މިކަން ހައްލު ކުރުމަށް މިހާރުވެސް 29 ދިވެހި ސްޕެޝަލިސްޓު ޑޮކްޓަރުން ހޯދުމަށް އެ ހޮސްޕިޓަލުން ވަނީ އިއުލާން ކޮށްފައެވެ.