އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން 4-0 އިން ބަލިކޮށް ލީގުގެ އެއްވަނައިގައި އާސެނަލުން ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި އާސެނަލް މިހާރު އޮތީ 25 މެޗުން ލިބުނު 60 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 55 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު ތިންވަނައިގައި 49 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު އެވަޓަން އިން ރަނގަޅަށް ކުޅުނު ނަމަވެސް މެޗުގެ 40 ވަނަ މިނެޓްގައި ބުކާޔޯ ސަކާ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށް އާސެނަލަށް ލީޑު ނަގާދީފަ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ގެބްރިއަލް މާޓިނެއްލީ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ދެ ގޯލުގެ ލީޑަކާއެކު އާސެނަލުން ފުރަތަމަ ހާފް ނިންމާލިއިރު އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. އަދި އާސެނަލްގެ ހަތަރުވަނަ ގޯލު މެޗުގެ 80 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް މާޓިނެއްލީ އެވެ.
މިއީ ލީގުގައި އާސެނަލުން އެވަޓަންގެ މައްޗަށް ހޯދި 100 ވަނަ މޮޅުކަން ފާހަގަކޮށްލެވެ އެވެ. މިއީ ޕްރިމިއާ ލީގުގެ ވެސް ރެކޯޑެކެވެ.
ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ބޯންމަތްއާ އެވެ.