މާދަމާ ރޭ ހުޅުމާލޭގައި "މިއުޒިކަލް އައިޑޮލް" ގެ ނަމުގައި ބާއްވާ ޝޯގައި ޕަފޯމްކުރަން އިންޑިއާގެ ދެ ފަންނާނުން ކަމަށްވާ ޕަވަންދީޕް ރަޖަން އަރޫނީތާ ކަންޖީލާލު ރާއްޖެ އަތުވެއްޖެ އެވެ.
މި ދެ ފަންނާނުންނަކީ ވެސް ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 12 އިން ވިދާލި ދެ ލަވަކިޔުންތެރިންނެވެ. ޕަވަންދީޕަކީ އެ ސީޒަންގެ ޓްރޮފީ އުފުލި ފަންނާނެވެ. އަދި އަރޫނިތާ އަކީ "އިންޑަން އައިޑޮލް 12" ގެ ދެވަނަ އެވެ.
މި ދެ ފަންނާނުން ރާއްޖޭގައި ޕަފޯމްކުރަން ހަމަޖެހިފައިވާ ޝޯ އަކީ ދާދި ފަހުން ވެސް އންޑިއާގެ ފަންނާނުންތަކެއް ރާއްޖެ ގެނެސްގެން ހަރަކާތްތަކެއް ހިންގާފައިވާ ޓުއާނިވަލް އިން އިންތިޒާމުކުރާ ޝޯއެކެވެ. އެގޮތުން "މިއުޒިކަލް އައިޑޮލް" ޝޯ މާދަމާ ރޭ އޮންނާނީ ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގަ އެވެ.
އެ ޝޯގެ ޓިކެޓް ވިއްކަމުން އަންނަތާ ވެސް ދުވަސްކޮޅެއްވެއްޖެ އެވެ.