ރާއްޖޭގެ ޒުވާނުން ކުރިން ވެސް އަދި މިހާރު ވެސް ތިބީ ރައީސް ޔާމީނާ އެކީގައި ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރޭ ޕީޕީއެމް/ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ރައީސްގެ ޔާމީންގެ ވެރިކަމުގެ ޒުވާނުންގެ ކުރިއެރުމާއި ތަރައްގީ އަށް އެތައް ކަމެއް ކުރައްވާފައިވާ ކަމަށެވެ. އެހެންވެ ޒުވާނުންގެ ބޮޑު ތާއީދެއް ރައީސް ޔާމީނަށް އޮތް ކަމަށާއި ގައުމުގެ ހާލަތު ދެން ވެސް އިތުރު ހަރުފަތަކަށް ގެންގޮސް ޒުވާނުން އެދޭ ކަހަލަ ބަދަލުތަކެއް ގެނެސްދެވޭނީ ޔާމީނަށް ކަމަށް ދިވެހި ޒުވާނުން ގަބޫލުކޮށް، އިތުބާރުކުރާ ކަމަށް ސައީދު ވިދާޅުވި އެވެ.
Progressive Congress Coalition ge #MavesPPM jalsaa #FreePresidentYameen #RY2023 #HaraanHukum pic.twitter.com/TI1Rv7kQFT
— Progressive Party of Maldives (@ProgressPartyMV) March 1, 2023
އެހެންވެ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ރާއްޖޭގެ ޒުވާނުން ތިބޭނީ ރައީސް ޔާމީނާ އެކީގައި ކަމަށާއި ޒުވާނުންފެ ވޯޓާ ވެސް އެކީ ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މިހާރު ވެސް އެތައް ޒުވާނުންނެއް އަންނަނީ ޔާމީނަށް ތާއީދުކޮށް ފަހަތަށް އަރަމުންނެވެ.
Progressive Congress Coalition ge #MavesPPM jalsaa #FreePresidentYameen #RY2023 #HaraanHukum pic.twitter.com/nJT9arpOfr
— Progressive Party of Maldives (@ProgressPartyMV) March 1, 2023
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށް ވިޔަސް އެ މަނިކުފާނު މި ވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެހެންވެ ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބުގައި ވާދަކުރެވެއްވޭނެ ޔަގީން ކަމެއް އަދިއެއް ނެތެވެ. އެކަމަކު އެ ހުކުމް އިސްތިއުނާފުކުރަން އޮތީ ހައި ކޯޓަށް ހުށަހަޅަިއފަ އެވެ.