އަންނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބަށް ރިޕަބްލިކަން ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާނެކަން އިތުރު ބޭފުޅަކު އިއުލާންކޮށްފި އެވެ.
މި ފަހަރު އެކަމަށް އިއުލާން ކުރެއްވީ އިންޑިއާ ދަރިކޮޅުގެ އެމެރިކާގެ ވިޔަފާރިވެރިއެއް ކަމަށްވާ ވިވެކް ރަމަސްވާމީ އެވެ. އޭނަ ރައީސް ކަމަށް ވާދަކުރައްވަން ނިންމެވިކަން އިއުލާން ކުރައްވައި ވިދާޅުވީ ރިޔާސީ ރޭހަށް ނުކުންނަކީ ހަގީގީ އެމެރިކާ ކޮބައިކަން ސާފުކޮށްދޭން ކަމަށެވެ. އަދި ކެމްޕޭން އެންމެ ބޮޑަށް ފޯކަސްކުރާނީ ސަގާފީ ގޮތުންނާއި ނަސްލީ ގޮތުން އެމެރިކާގައި ހުރި ތަފާތުތަކުކާ އެކީ ހުވަފެނީ އެމެރިކާ ހޯދަން ކަމަށް ވިވެކް ވިދާޅުވި އެވެ.
Most Republican politicians agree with me, but are too scared to say this out loud: There's no greater way to fuel racism in our country than to take something away from someone on the basis of their skin color. That's exactly what affirmative action does. pic.twitter.com/V8lJK1p8d9
— Vivek Ramaswamy (@VivekGRamaswamy) March 1, 2023
ބައޯޓެކް ހެލްތު ދާއިރާގައ އުޅުއްވާ ވިވެކް، 37، އަކީ ދެ ފޮތެއް ވެސް ލިޔުއްވާފައި ބޭފުޅެެކެވެ. އެއީ "ނޭޝަން އޮފް ވިކްޓިމްސް: އައިޑެންޓިޓީ ޕޮލިޓިކްސް، ދަ ޑެތު އޮފް މެރިޓް އެންޑް ދަ ޕާތު ބެކް ޓު އެކްސެލެންސް" އާއި "ވޯކް، އިންކް: އިންސައިޑް ކޯޕަރޭޓް އެމެރިކާސް ސޯޝަލް ޖަސްޓިސް ސްކޭމް" އެވެ.
ރިޕަބްލިކަން ޕާޓީގެ ފަރާތުން އެމެރިކާގެ ރިޔާސީ އިންތިބާހަށް ނުކުންނަވާކަން ވިވެކް އިއުލާންކުރެއްވި އިރު، އިންޑިއާގެ ދަރިކޮޅު އެމެރިކާގެ އަންހެން ބޭފުޅަކު ވެސް އިންތިހާބަށް ވާދަކުރަން ނިންމަވާފައިވެ އެވެ. އެއީ ސައުތު ކެރޮލައިނާގެ ކުރީގެ ގަވަރުނަރު ނިކީ ހޭލީ، 51، އެވެ.
އެމެރިކާގެ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކަމަށް ފުރަތަމަ އިއުލާން ކުރެއްވި ބޭފުޅަކީ 2016-2020 އަށް ވެރިކަން ކުރެއްވި ޑޮނަލްޑް ޓްރަމްޕެވެ.