Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ވަގު ޓީޓީން ތިން މިލިއަން ރުފިޔާގެ މުދާ އެތެރެކުރި

ވަގު ޓީޓީ ބޭނުންކޮށްގެން ރާއްޖޭން ބޭރުން މުދާ އެތެރެކުރި މައްސަލާގައި ހައްޔަރުކުރި މީހާ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތްކޮށްފައިވާ ކަމަށް ބުނެފި އެވެ.

އެ މައްސަލާގައި ހައްޔަރުކުރި މއ. ހަނީސަކްލް-1 ހުސައިން ޝާފިއުގެ ބަންދަށް ކޯޓުން އިއްޔެ ޖެހި 15 ދުވަހުގެ މުއްދަތުގެ އަމުރުގައިވާ ގޮތުން އޭނަ ވަނީ ވަގު ޓީޓީގެ އެހީގައި ތިން މިލިއަނަށް ވުރެ ރުފިޔާގެ މޭވާ އާއި ތަރުކާރީ އެކި ގައުމުތަކުން ރާއްޖެ އަށް އެތެރެކޮށްފަ އެވެ.

އެގޮތުން ބައެއް ޓީޓީތަކުގައި ބޭނުންކޮށްފައި ވަނީ ޝާފިއުގެ އަމިއްލަ ނަމާއި ފޯނު ނަންބަރު ކަމަށް ވެސް އަމުރުގައިވެ އެވެ.

"ހުރިހާ ޓީޓީ އަކީ ވެސް ސައްހަނޫން ޑޮކިއުމަންޓްތަކެއްކަން ބޭންކުން ކަށަވަރުކޮށްދޭ," ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން އެ މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.