Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ކްރެޑިޓަށް ފުލުހުންނަށް ހިދުމަތް ދޭނެ ކްލިނިކްތަކެއް ހޯދަނީ

ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ މީހުންނަށް ދަރަންޏަށް ބޭސް ފަރުވާގެ ހިދުމަތްދޭނެ ކްލިނިކްތަކެއް ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ މިކަމަށް ޝައުގުވެރިވާ ކްލިނިކްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓްރީވާން މެއިލް ކުރަން ޖެހެނީ [email protected] އާއި [email protected] އަށެވެ. ރަޖިސްޓްރީވާން ޖެހޭ އެންމެ ފަހު ސުންގަޑި އަކީ މި މަހުގެ 30 ގެ މެންދުރު ފަހު 2:00 ގެ ކުރިންނެވެ.

ފުލުހުން ބުނީ އޭގެ ފަހުން ރަޖިސްޓްރީކުރާ ފަރާތްތައް ބަލައި ނުގަންނާނެ ކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 9790052 އިން ހޯދޭނެ އެވެ.