މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން "އެމްވީ ރަން" ސްޕޮންސާ
ކުރުމަށް ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ)އާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ. ޓީއެފްޖީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ހުސެން ޒިނާން އެވެ.
މި އެއްބަސްވުމުގެ ދަށުން މި ރަންގެ ބްރޭންޑިން، އެމްޑަބްލިޔުއެސްސީން އަލަށް ތައާރަފު ކުރި އާރޯ ޕްރިމިއަމް ފެނާ ގުޅުވައި، "އާރޯ އެމްވީ ރަން"ގެ ނަމުގައި ޓައިޓެލް ސްޕޮންސަޝިޕް ވަނީ ދީފައެވެ. މިއާއެކު، ޓީއެފްޖީން އިންތިޒާމްކުރާ "ބޮޑު ފަސް ރަން" އާއި "ދަ މޯލްޑިވްސް ލޯންގް ރަން" ގެ ކޯސޮޕޮންސާ އެމްޑަބްލިޔުއެސްސީއިން ވަނީ ނަގާފަ އެވެ.
We are proud to announce our partnership with Total Fitness Group – TfG, to host ARO MV RUN 2023 & 2024 – one of the most rewarding and prized run in the Maldives! pic.twitter.com/QgkOacWUUV
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) March 2, 2023
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އެއް ޔޫޓިލިޓީ ޚިދުމަތް ފޯރުކޮށްދޭ ކުންފުނީގެ ހައިސިއްޔަތުން، ކުޅިވަރުގެ އެކި ހަރަކާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ މިފަދަ ބޮޑު ހަރަކާތެއްގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މި ރަންއަކީ ޓީއެފްޖީގެ ފަރާތުން މިދިޔަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު ބާއްވަން ނިންމާފައިވާ، އެކި އުމުރުފުރާތަކަށް ހުޅުވާލައިގެން ބާއްވާ ދުވުމުގެ ހަރަކާތެކެވެ. މި އަހަރު "އާރޯ އެމްވީ ރަން" ބޭއްވުމަށް ހަމަޖެހިފައި ވަނީ، ޖޫން މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 07:00 އިން ފެށިގެން ހުޅުމާލެގަ އެވެ.
MWSC today signed an agreement with Total Fitness Group (TFG) to sponsor 3 sporting events organized by TFG. MWSC takes the title sponsorship of 'MV Run', which will be titled 'ARO MV Run' for the next 2 years. pic.twitter.com/KYQtZEuqGE
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) March 2, 2023
ޖުމްލަ ފަސް ކިލޯ މީޓަރަށް ދުވަން ކަނޑައަޅާފައިވާ މި ރަންގައި، ބައިވެރިވާ ދުވުންތެރިންގެ ތެރެއިން ފައިސާގެ ގިނަ އިނާމްތަކެއް ޓީއެފްޖީގެ ފަރާތުން ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެއް ވަނަ ހާސިލްކުރާ ކޮންމެ ބައިވެރިއަކަށް 7،500 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާއިރު ދެ ވަނައަށް ދާ ކޮންމެ ބައިވެރިއަކަށް 4،500 ރުފިޔާ އަދި ތިން ވަނަ ހާސިލްކުރާ ކޮންމެ ބައިވެރިއަކަށް 2،500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން 50 މިނެޓް ތެރޭގައި ދުވެ ނިންމާ ފަރާތްތަކުގެ ތެރެއިން ގުރުއަތުލައިގެން ހޮވޭ ނަސީބުވެރިންނަށް ފައިސާ އާއި އެހެނިހެން އިނާމުތައް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، މި ރަން ސްޕޮންސާ ކުރުމުގެ މައިގަނޑު މަގްސަދަކީ، ދިވެހިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަގުފަހިކޮށްދީ ކަސްރަތު ކުރުމަށް ހިތްވަރުދިނުން ކަމަށެވެ.