މަތީ ތައުލީމު ދޭ އިންސްޓިޓިއުޝަންތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކުރަން ޖެހޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
ޔުނިވަސިޓީތަކުގެ ލެކްޗަރާއިންގެ މުސާރަ އިއްޔެ ބޮޑުކުރުމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަތީ ތައުލީމީ ދާއިރާގައި ނަތީޖާ ނެރުމުގައި އިދާރީ މުވައްޒަފުންނަކީ ވެސް މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ.
"ރާއްޖޭގެ އިންފްލޭޝަން މަތިވަމުންދާ އިރު [ޔުނިވަސިޓީތަކުގެ] އިދާރީ މަގާމުތަކުގައި ތިބި މުސާރަ ބޮޑު ނުވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް،" ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ. "އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ޖެހޭ."
ރައީސް އިއްޔެ ވަނީ ޔުނިވަސިޓީތަކުގެ ލެކްޗަރާއިންގެ މުސާރަ 59 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. މި ބަދަލާ ގުޅިގެން ކުރިން 18،880ރ. ލިބުނު ލެކްޗަރާއިންނަށް ދެން އިތުރު ގަޑިއާ ނުލައި މަހެއްގެ މައްޗަށް ގާތްގަނޑަކަށް 29،900ރ. ލިބޭނެ އެވެ.