Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

މިސް ވޯލްޑް މަނޫޝީ އަށް ތެލެގޫ ފިލްމެއް

މިދިޔަ އަހަރު އަކްޝޭ ކުމާރާ އެކީ ފިލްމު "ސަމްރާޓު ޕްރިތުވީރާޖް" އިން އެކްޓިން އަށް ނުކުތް 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރް ތެލެގޫ ފިލްމަކަށް ސޮއިކޮށްފި އެވެ.

އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ހަގީގީ ހާދިސާއަކަށް ބިނާކޮށް ހަދާ މި އޭރިއަލް އެކްޝަން ޑްރާމާ ހިންދީ ބަހުން ވެސް ގެނެސްދޭނެ އެވެ. އެކަމަކު ފިލްމުގެ ޓީޒާއެއް ދައްކައިލި ނަމަވެސް އަދި ރަސްމީކޮށް ފިލްމުގެ ނަން ހާމައެއްނުކުރެ އެވެ. މީގެ ބަތަލަކީ މަޝްހޫރު ތެލެގޫ އެކްޓަރު އަދި މިދިޔަ އަހަރުގެ އެންމެ ބޮޑު ހިޓް ކަމަށްވާ "އާރްއާރްއާރް" ގެ އެއް ބަތަލު ކަމަށް ރާމް ޗަރަންގެ ކަޒިންއެއް ކަމަށްވާ ވަރޫން ތޭޖް އެވެ.

މަނޫޝީ އާއި ވަރޫންގެ ފިލްމުގެ ޑައިރެކްޓަރަކީ އަލަށް ފީޗާ ފިލްމު ޑައިރެކްޝަނަށް ނުކުތް، ޓީވީ އިޝްތިހާރުތައް ހަދާ ޝަކްތީ ޕްރަތާބް ސިންގް ހާޑާ އެވެ.

މި ފިލްމަށް މަނޫޝީ ސޮއިކުރި އިރު، އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޖޯން އަބްރަހަމްގެ "ތެހެރާން" އާއި ވިކީ ކޯޝަލްގެ "ދަ ގްރޭޓް އިންޑިއަން ފެމިލީ" ހިމެނެ އެވެ.