Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އެމްއައިބީގެ އިވެންޓެއް މާދަމާ ފޭދޫގައި

އައްޑޫގައި ވެސް ބްރާންޗެއް ހިންގަމުން އަންނަ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އިވެންޓެއް މާދަމާ ފޭދޫގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

"އެމްއައިބީ ބޭންކިން ޑޭ" ގެ ނަމުގައި ބާއްވާ މި އިވެންޓް ކުރިއަށް ދާނީ މާދަމާ ހަވީރު ހެނދުނު 10:00 އިން ހަވީރު 4:30 އަށެވެ. މީގައި އަލަށް އެކައުންޓް ހުޅުވަން ބޭނުންވާ މީހުންނަށް އެކައުންޓް ހުޅުވައި ދިނުމާއި އެކައުންޓްގެ މައުލޫމާތު އާކުރުމާއި އިންޓަނެޓް ބޭންކިންގެ ފޯމް ބަލައިގަތުމާއި ފައިނޭންސާ ގުޅޭ މައުލޫމާތު ދިނުމުގެ އިތުރަށް ވިސާ ކާޑު ބަލައިގަތުން އޮންނާމެ އެވެ.

އެމްއައިބީން ބުނީ އިވެންޓަށް އައިޑީ ކާޑުގެ އަސްލު ބޭނުން ވާނެ ކަމަށެވެ.

މާދަމާ ބާއްވާ "އެމްއައިބީ ބޭންކިން ޑޭ" ގެ އެންމެ ހާއްސަ ކަމަކީ އެކައުންޓް ހުުޅުވާ މީހުންގެ ތެރެއިން ގުރުއަތުން ތިން މީހަކު ހޮވައި ގިފްޓް ވައުޗާ ދޭން ހަމަޖެހިފައިވުމެވެ. އެގޮތުން ކޮންމެ މީހަކަށް 1،000ރ. ގެ ގިފްޓް ވައުޗާ ލިބޭނެ އެވެ.

އެމްއައިބީގެ ބްރާންޗެއް ހިތަދޫގައި ހުޅުވީ 2014 ގަ އެވެ.