Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހަދައިދޭ އަގު ބޮޑުކޮށްފި

އައިޑީ ކާޑެއް --

މައުލޫމާތު ބަދަލުވެގެން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދައިދޭ އަގު ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ބޮޑުކޮށްފިއެވެ.

މީގެ ކުރީން މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު އަލުން ހައްދައި ދެނީ 50ރ. އަށެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއިއެކު ދެން ކުރިއަށް އޮތް ތަނުގައި މައުލޫމާތު ބަދަލުވެގެން އައިޑީ ހައްދައިދޭނީ 150ރ. އަށް ކަމަށް ޑީއެންއާރުން ބުނެއެވެ. ނަމަވެސް މިބަދަލު ގެނައި ސަބަބެއް ޑީއެންއާރުން ހާމަކޮށްފައެއް ނުވެއެވެ.

ޑީއެންއާރުން މައުލޫމާތު ބަދަލުވުމުން އައިޑީ ހައްދައިދޭ އަގު ބޮޑުކޮށްފައި މިވަނީ ދިވެހި ރައްޔިތުންގެ އައިޑީ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިއާއެކު ސަރުކާރުގެ މުއައްސަސާތަކަށް އައިޑީ ކޮޕީ ހުށަހެޅުމާއި އަދި އެނޫންވެސް ކަންކަމަށް އައިޑީ ކާޑެއް ގެންގުޅެން ނުޖެހި ހުރިހާ ކަމެއް ވެގެން ދާނެ ކަމަށް ސަރުކާރުން ޤަބޫލު ކުރެއެވެ.

ސަރުކާރުގެ ޑިޖިޓަލް އައިޑީ މިވަގުތު އަޖުމަ ބެލުމުގެ މަރުހަލާގައިވާއިރު މިއީ، ހުރިހާ ގޮތަކުންވެސް ރައްކާތެރި އަދި ހައްދައި ބޭނުން ކުރަން ފަސޭހަވާނެ އައިޑީއެއް ކަމަށް ސަރުކާރުން ބުނެއެވެ.