އަދާލަތު ޕާޓީގެ ގޮފިތަކުގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައި މަގާމުތަކަށް މީހުން ހޮވުން އަންނަ މަހު ބާއްވާ ގޮތަށް ނިންމައިފި އެވެ.
އެ ޕާޓީގެ ގޮފިތަކުން ހުސްވެފައިވާ މަގާމުތަކަށް މީހުން އިންތިހާބުކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 1 ގެ އެވެ. އިންތިހާބު ބާއްވަން ހަމަޖެހިފައިވާ މަގާމުތަކަކީ ރައީސް، ނައިބު ރައީސް، ސެކްރެޓަރީ، ސެކްރެޓަރީގެ ނައިބު، ޚަޒާންދާރު، މީޑިއާ ކޯޑިނޭޓަރު، ޔުނިޓުތަކުގެ މަންދޫބުން، އަންހެނުންގެ ކޮމިޓީގެ ރައީސާ އަދި ޒުވާނުންގެ ކޮމިޓީގެ ރައީސް އެވެ.
Gofithakuge hingaa committee inthikhaabah kurimathilumah hulhuvaalun https://t.co/pDscoFiU0M
— Adhaalath Party (@AdhaalathOffice) March 2, 2023
މި މަގާމުތަކަށް ޝައުގުވެރިވާ ޕާޓީގެ މެމްބަރުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 8 ގެ މެންދުރު ފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ބުނީ މަގާމުތަކަށް މީހުން ހޮވަން ބާއްވާ އިންތިހާބު ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އާ ހަމައަށެވެ.